ސޯޝަލް މީޑިއާގައި އިސްލާމްދީނާ ހިލާފު ވާހަކަތައް ފެތުރި ކަމަށް ތުހުމަތުކުރެވޭ ޓިކްޓޮކް ގައި އުޅޭ އަހުމަދު އާމިރު (ބޫގާ)، ފުލުހުން އެންގި ވަގުތަށް ތަހުގީގަށް ހާޒިރުނުވި ކަމަށް ފުލުހުން ހާމަކޮށްފި އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އާމިރު ވަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ދީނީ އެއްބައިވަންތަކަން ނެތިކޮށްލާ ފަދަ ވާހަކަތައް ދައްކައި، އިސްލާމިކް މިނިސްޓްރީ އުވާލުމަށް ވެސް ގޮވާލާފަ އެވެ.
އެހެން ނަމަވެސް އޭނާ ހުރި ތަނެއް ނޭނގޭތީ ތަހުގީގުގެ ޗިޓު ރައްދުކުރެވޭ ގޮތް ނުވި ކަމަށް ފުލުހުން ބުނެ އެވެ. އެއާ ގުޅިގެން އިއްޔެ ހަވީރު ހަތަރެއް ޖެހިއިރަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް އައުމަށް އާންމުކޮށް އިއުލާންކުރި ނަމަވެސް، އެ ވަގުތަށް އޭނާ ހާޒިރެއް ނުވެއެވެ.
އާމިރުގެ ޓިކްޓޮކް އެކައުންޓުން ފެންނަ ގޮތުގައި އޭނާ މިހާރު ދިރިއުޅެމުން ދަނީ ޖަޕާން މީހަކާ ކައިވެނިކޮށްގެން އެ ޤައުމުގަ އެވެ.

ދިރާގުން ތަރާވީސް ދަމަށް އަންލިމިޓެޑް ޑޭޓާ
ހަމަލާތައް ހުއްޓާނުލާނަމަ ތެޔޮ ބޭރުކުރަން ހުއްދަ ނުދޭނަން: އީރާން
ވެމްކޯއިން މުވައްޒަފުންނަށް މުސާރަ ދިނުން ލަސްކުރާ މައްސަލައެއް