އެހެން މަސްމަހާ ޚިލާފަށް ރޯދަ މަހު އަހަރެންގެ ގެ އިތުރަށް ހަލަބޮލިވެ އެވެ. ހަވާދާއި މަސާލާގެ ވަހުން މުޅި ގެ އެއްވަސްވެ އެވެ. ގޭތެރޭގައި ރޫހާނީ އިހުސާސެއް ކުރުވަ އެވެ.
މިއީ ނަސާރާ ދީނަށް ނިސްބަތްވާ އެމެރިކާގެ ޔަހޫދީއެއް ކަމަށްވާ ހޮލީ ރިޗާޑްސަން އޭނާގެ ވާހަކަ ފެށި ގޮތެވެ. ހޮލީ ވަނީ ރަމަޟާން މަހުގެ ތަޖުރިބާ އިނގިރޭސި ވެބްސައިޓެއްގައި ހިއްސާކޮށްފަ އެވެ.
ހޮލީގެ އަންހެން ދަރިފުޅު ކައިވެނި ކޮށްގެން އުޅެނީ ސައޫދީ އަރަބިއާއަށް ނިސްބަތްވާ ފިރިހެނަކާ އެވެ. އެހެން ކަމުން އިސްލާމް ދީން ވެފައިވަނީ އޭނާގެ ދިރިއުޅުމުގެ ބޮޑު ހިއްސާއަކަށެވެ.
ހޮލީގެ ދަރިފުޅާއި ޅީދަރިފުޅު އެމީހުންނާއެކު އެމެރިކާގެ ޔޫޓާގައި އުޅެމުން އަންނައިރު ރޯދަ މަސް އައުމާއެކު އެމީހުންގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އަންނަ ކަމަށް ހޮލީ ބުނެ އެވެ.
އެގޮތުން އާއްމު ރޯދަ ވީއްލުންތަކަށް ދިއުމާއި މިސްކީނުންނަށް އެހީވުމަކީ އެ އާއިލާގެ ކޮންމެ އަހަރެއްގެ ވެސް އާދަ އެވެ. އެކަމުން ބުނެދޭން ނޭނގޭ ފަދަ ހިތްހަމަ ޖެހުމަކާއި އުފާވެރިކަމެއް ލިބޭ ކަމަށް ހޮލީ ބުނެ އެވެ.
ހޮލީ އިތުރަށް ބުނީ އިސްލާމް ދީނަކީ ސުލްހަވެރި ދީނެއް ކަމަށާއި އިސްލާމޮފޯބިއާއަކީ ސިޔާސީ ބޭނުމަށްޓަކައި ބަޔަކު ގެންގުޅޭ ޕްރޮޕެގެންޑާއެއް ކަމަށެވެ.
ހޮލީފަދަ އެތައް ޣައިރު މުސްލިމުން ވެސް މި ރަމަޟާން މަހުގެ އުފަލުގައި އަހަރުމެންނާ ބައިވެރިވެ އެވެ.
މެޓް ގާލާ 2026: "ބްލެކް ޕިންކް"ގެ މެމްބަރުން އެކުގައި!
ވިއްސާރައިރު ދުޅަހެޔޮ ސިއްހަތަކަށް ކުރަންޖެހޭ 5 ކަމެއް!
އެމެރިކާގެ ނޭވީއިން ބޯޓުތަކަށް ދިން ހަމަލާގައި 5 މީހުން މަރުވި