އީރާނުން ވަރަށް އަވަހަށް އެމެރިކާއަށް ހަމަލާދެވޭ ފަދަ މިސައިލެއް އުފައްދާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ދައުވާއަށް އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓްތަކުން ތާއީދު ނުކުރާ ކަމަށް ބުނެފި އެވެ.
މިކަމުގެ ސަބަބުން އީރާނާ ދެކޮޅަށް ހަމަލާއެއް ދިނުމަށް ޓްރަމްޕް ދައްކަވާ ވާހަކަފުޅުތަކުގެ ސައްހަކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.
މިދިޔަ އަންގާރަ ދުވަހު ކޮންގްރެސްގައި އިއްވެވި ސްޓޭޓް އޮފް ދަ ޔޫނިއަން ތަގުރީރުގައި ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް ހަމަލާދޭން ޖެހިދާނެ ސަބަބުތައް އެމެރިކާގެ ރައްޔިތުންނަށް ހާމަކޮށްދެއްވަން ފައްޓަވާފަ އެވެ. އެގޮތުން ތެހެރާނުން "ވަރަށް އަވަހަށް އެމެރިކާއާ ހަމައަށް ފޯރާނެ މިސައިލްތަކެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ" ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ނަމަވެސް، އެމެރިކާގެ ޑިފެންސް އިންޓެލިޖެންސް އެޖެންސީ (ޑީއައިއޭ) އިން 2025 ވަނަ އަހަރަށް ތައްޔާރުކޮށްފައިވާ އެސެސްމަންޓަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށް ދެ މަސްދަރަކުން ކަށަވަރުކޮށްދެ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން، އީރާނުން މިހާރު ބޭނުންކުރާ ސެޓެލައިޓް ފޮނުވާ އުޅަނދުތައް ބޭނުންކޮށްގެން އަސްކަރީ ގޮތުން ބޭނުން ކުރެވޭ ފަދަ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް (އައިސީބީއެމް) އުފެއްދުމަށް 2035 ވަނަ އަހަރާ ހަމައަށް ވަގުތު ނަގާނެ އެވެ.
މި މައުލޫމާތުތަކާ ގުޅިގެން ވައިޓް ހައުސްއިން ވަނީ އެއްވެސް އެއްޗެއް ބުނަން އިންކާރުކޮށްފަ އެވެ. އިންޓެލިޖެންސް ރިޕޯޓްތަކާ ހަވާލާދީ މަސްދަރުތަކުން ބުނާ ގޮތުގައި ޓްރަމްޕްގެ ވާހަކަފުޅުތަކަކީ ހަގީގަތަށްވުރެ ބޮޑުކޮށްގެން ދައްކާ ދޮގު ވާހަކަފުޅުތަކެކެވެ.

"ލާމަރުކަޒީ ނިޒާމު ހަގީގީ މާނާގައި ތަންފީޒުކުރަނީ މި ސަރުކާރުން"
ކައުންސިލް އިންތިހާބުގެ ކެމްޕޭން ދަތުރުތައް ނުކުރާނަން: ރައީސް
އެކްސިޑެންޓްގަ ކުއްޖަކު މަރުވުމުން ހައްޔަރުކުރި މީހާ ފޮނުވާލައިފި