މާލޭގެ މަގުތަކުގައި ގަވައިދާ ޚިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތައް އަންނަ ހޯމަ ދުވަހުން ފެށިގެން ޓޯ ކުރާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ މާލޭގައި ގަވާއިދާ ޚިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތަކާއި ރަޖިސްޓްރީނުކޮށް ބަހައްޓާފައިހުރި އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައި ހުރި އުޅަނދުތައް މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން ޓޯ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން މާލޭގެ އެކި ތަންތަނުގައި ބަހައްޓާފައި ހުރި އެއްގަމު އުޅަނދުތައް މިމަހުގެ 22 ވަނަ ދުވަހުގެ 11:30ގެ ކުރިން ނެގުމަށް ފުލުހުން ބުނެ އެވެ. އަދި އެ ތާރީހުގެ ފަހުން ހުންނަ އުޅަނދުތައް ފުލުހުން ކަނޑައަޅާ ތަނަކަށް ގެންދާނެ ކަމަށް ބުނެ އެވެ.
ފުލުހުން ބުނީ ޓޯކޮށްގެން ގެންދާ އުޅަނދުތައް ގެންދާ ގެންދިއުމުގަ އާއި ފުލުހުން ކަނޑައަޅާ ތަނެއްގައި ބަހައްޓާފައި ހުންނަ ހުރުމުގައި ލިބޭ އެއްވެސް ގެއްލުމަކަށް ފުލުހުންގެ ފަރާތުން ޒިންމާ ނުވާނެ ކަމަށެވެ. އަދި ޓޯ ކުރެވޭ އުޅަނދުތައް ޓޯ ކުރުމަށްފަހު ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދިއުމުގެ ޒިންމާ އުފުލަން ޖެހޭނީ އުޅަނދުގެ ވެރިފަރާތުން ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ކަފާލާތުގެ ދަށުން ރާޖްޕާލް މިނިވަންވެއްޖެ
ލަންކާގައި ބުޅަލުން ޖެހޭ ބައްޔެއް ފެތުރެނީ
ރެފަރަންޑަމާ ދެކޮޅު ހަދައި މުޒާހަރާކުރަން އެމްޑީޕީން ނިންމައިފި