ދަރަނީގެ މައްސަލައެއްގައި މި ފަހުން ހައްޔަރުކުރި ބޮލީވުޑްގެ ތަރި ރާޖްޕާލް ޔާދަވް ކަފާލާތުގެ ދަށުން މިނިވަން ވެއްޖެ ކަމަށް ހަބަރުތައް ބުނެފި އެވެ.
މިދިޔަ ހޯމަ ދުވަހު ދިއްލީގެ ހައި ކޯޓުން ނެރުނު އަމުރުގައި އަންނަ މަހުގެ 18 ވަނަ ދުވަހާ ހަމައަށް ރާޖްޕާލްގެ ޖަލު ހުކުމް ވަނީ ފަސްކޮށްފަ އެވެ.
މި މުއްދަތުގައި ރާޖްޕަލްގެ ފަރާތުން އެއް ލައްކަ އިންޑިއާ ރުޕީސްގެ ބޮންޑެއްގައި ސޮއިކޮށް މައްސަލަ ހުށައެޅި ފަރާތާ ވަނީ ހަވާލު ކޮށްފަ އެވެ.
މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ރާޖްޕަލް ހައްޔަރުކުރީ ނުވަ ކްރޯޑް ރުޕީސްގެ ދަރަނީގެ މައްސަލައެއްގައި އޭނާ ހުށައެޅި ޗެކެއް ބައުންސް ވެގެންނެވެ.
ޖަލުން މިނިވަން ވުމަށްފަހު ރާޖްޕަލް އޭނާގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ވަނީ އޭނާއަށް އެއްބާރުލުން ދިން އެންމެންނަށް ޝުކުރު އަދާކޮށްފަ އެވެ. އެެއާއެކު ރަސްމީކޮށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ރާޖްޕާލްގެ ދަރަނީގެ މައްސަލަ ފެންމަތި ވުމާއެކު ބޮލީވުޑްގެ ގިނަ އަދަދެއްގެ ތަރިން ވަނީ އޭނާއަށް މާލީ އެހީތެރިކަން ދީފަ އެވެ. އެހެން ނަމަވެސް އެ އެހީތަކުގެ ތަފްސީލު ދޭން އޭނާ ވަނީ ދެކޮޅު ހަދާފަ އެވެ.
ލަންކާގައި ބުޅަލުން ޖެހޭ ބައްޔެއް ފެތުރެނީ
ރައްކާތެރިކަމުގެ އަމުރާ ހިލާފުވި މިންވަރު އަންނަނީ އިތުރުވަމުން
ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ޓޯކުރަން ފަށަނީ