މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާޕާސަނަކަށް މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސައިން އަފީފު މިއަދު އައްޔަނުކޮށްފި އެވެ.

އޭނާ އެ މަގާމަށް އައްޔަނު ކުރީ މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވި މަޓީގެ 36 ވަނަ އަހަރީ އާންމު ޖަލްސާގަ އެވެ.

އަފީފު މީގެ ކުރިން ހުންނެވީ އެ ޖަމިއްޔާގެ ވައިސް ޗެއާޕާސަންގެ މަގާމުގަ އެވެ.

މަޓީ އުފެދުނީއްސުރެ އެ ޖަމިއްޔާގެ ޗެއާޕާސަނަކީ ޔުނިވާސަލްގެ ޗެއާމަންގެ މަގާމު ފުރުއްވި މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އެވެ. އެމްޔޫ މަނިކު އަވަހާރަވީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ.

ޓޫރިޒަމް ދާއިރާ ކުރިއެރުވުމުގެ މަގްސަދުގައި މަޓީ އުފެއްދީ 1982 ވަނަ އަހަރު އެވެ.