ކ. ތިލަފުށީގައި ހުރި ގުދަނަކުން ދެ މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކަކަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، އެ މައްސަލައިގައި ހިމެނޭ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފި އެވެ.
ފުލުހުން ބުނީ، މިދިޔަ ޑިސެމްބަރު 31 ގައި ހުށަހެޅުނު މި މައްސަލައިގައި، މައްސަލަ ތަހުގީގުކުރާ އިންވެސްޓިގޭޝަން އޮފިސަރު މިހާރު ވަނީ ތަހުގީގީ މަސައްކަތްތަކުން ދުރުކުރެވިފައި ކަމަށެވެ.
މި މައްސަލައަކީ ތިލަފުށީގެ ގުދަނެއްގައި ހުރި ގިނަ އަދަދެއްގެ ހުއިފިލަނޑައަށް ހިޔާނާތްތެރިވި ކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލައެކެވެ.
"މި މައްސަލައިގެ ޖިނާއީ ތަހުގީގު ކުރިއަށްދާއިރު، އެ އޮފިސަރާ ގުޅޭ އިދާރީ މައްސަލައެއް ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ވެސް ދަނީ ތަހުގީގު ކުރަމުން،" ފުލުހުން ބުންޏެވެ.
ފުލުހުން މިދިޔަ ހޯމަ ދުވަހު ކުރި އިއުލާނެއްގައި ވަނީ، ކިލޯއަކަށް 300 ރުފިޔާއިން ނީލަން ފަށާ ގޮތަށް، އަށް ބާވަތެއްގެ ހުއިފިލަނޑާ ވިއްކަން ނީލަމެއް ބާއްވަން އުޅޭ ކަމަށެވެ. އެ ނީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ، އަންނަ އާދިއްތަ ދުވަހުގެ 11:00 ކަމަށް އެ އިއުލާނުގައިވެ އެވެ.
މިިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ހުށަހެޅުނު އެ މައްސަލައިގެ ވެރިފަރާތަކީ ކޮބައިކަމާ މެދު ހިލާފު އުފެދިފައިވާތީ، ވެރިފަރާތް ކަނޑައެޅެންދެން އެ މުދާތައް ބަހައްޓައިފިނަމަ ހަލާކުވެދާނެތީ، އެތަކެތި ނީލަމުގައި ވިއްކާލުމަށް ޕީޖީ އޮފީހުން ވަނީ ލަފާދީފަ އެވެ.
ނީލަމުގައި ވިއްކާލުމަށްފަހު ވެރިފަރާތް ކަމަށް ކަނޑައެޅޭ ފަރާތަކަށް އެ ފައިސާ ދިނުމަށް ވެސް އެ އޮފީހުން ލަފާދިނެވެ.
ގެސްޓްހައުސް އާއި ގެސްޓްރޫމް ފައިނޭންސިން ތައާރަފްކޮށްފި
އީރާނުގެ ގިނަ އަދަދެއްގެ އަމިއްލަ ވިޔަފާރިތަކެއް ބަންދުކޮށްފި
މާސް ދޫކޮށް އިލަންގެ މިސްރާބު ހަނދަށް؟
