ދެހާހުގެ ކުރީކޮޅުގެ އަހަރުތަކުގައި ބެލުންތެރިންގެ މަގުބޫލުކަން ހޯދި ބޮލީވުޑްގެ އެންމެ މަގުބޫލު އެއް ފިލްމަކީ 2006 ވަނަ އަހަރު ރިލީޒްކުރި "ރަންގް ދެ ބަސަންތީ" އެވެ.
ބޮލީވުޑްގެ ނަން މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދިޔަ އެ ފިލްމަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ފިލްމުގެ ތަރިން އަލުން ބައްދަލުވެ ރީޔޫނިއަންއެއް ވަނީ ބާއްވާފަ އެވެ.
އެގޮތުން އެ ރީޔޫނިއަންއިން އާމިރު ޚާން، ޝަރްމާން ޖޯޝީ އަދި ސޯހާ އަލީ ޚާން ފަދަ ތަރިން ފެނިގެންދިޔައިރު ގިނަ ބަޔަކަށް ފާހަގަ ކުރެވުނު އެއް ކަމަކީ ފިލްމުގައި މުހިއްމު ރޯލެއް ދައްކުވައިދިން އާރް މަދާވަން ރީޔޫނިއަންގައި ބައިވެރިނުވާ ކަމެވެ.
އެކަން ފާހަގަކޮށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކޮމެންޓް ކުރަން ފެށުމުން މަދާވަން މިވަނީ އޭނާއަށް އެ މުނާސަބަތުގައި ހިއްސާ ނުވެވުނީ ކީއްވެކަން ބުނެދީފަ އެވެ.
މަދާވަން ބުނީ އެ ހަފްލާ ބޭއްވިއިރު އޭނާ ހުރީ ޝޫޓިންގެ މަސައްކަތެއްގައި ގައުމުން ބޭރުގައި ކަމަށާއި އެހެން ނަމަވެސް އެންމެން މަތިން ވެސް ވަރަށް ހަނދާންވި ކަމަށެވެ.
"ރަންގް ދޭ ބަސަންތީ"އަކީ 2006 ވަނަ އަހަރު ނެރުނު ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމެވެ.
ދިރާގުން ސެމްސަންގް ގެލެކްސީ ވޮޗް އަލްޓްރާ ވިއްކަނީ
ރޮނާލްޑޯ އަލުން އެނބުރި އަލް ނަސްރު ޓީމާ ގުޅިއްޖެ
މާސް ދޫކޮށް އިލަންގެ މިސްރާބު ހަނދަށް؟