ރާއްޖޭގައި މިދުވަސްވަރު އާންމު ބަލިތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި، މިދިޔަ މަހުގެ ފަހު ތިން ހަފްތާގެ ތެރޭގައި އެކަނިވެސް ބޭރަށް ހިންގުމުގެ 5،600 އަށް ވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެޗްޕީއޭއިން މިއަދު އާންމުކުރި މިދިޔަ މަހުގެ 11 އިން 31 ގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ ހުމާއި އަރިދަފުސް ރޯގާގެ އިތުރުން ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މި މުއްދަތުގެ ތެރޭގައި ބޭރަށް ހިންގުން ޖެހިގެން 5،621 ކޭސް ރިޕޯޓްކޮށްފައިވެ އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުގެ ފަހު ތިން ހަފްތާގައި އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އަރިދަފުސް ރޯގާގެ ކޭސްތަކެވެ. އެގޮތުން 21،993 މީހުންނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާއިރު، ޑެންގީ ހުން ޖެހިގެން 359 ކޭސް ވަނީ ރިޕޯޓްކޮށްފަ އެވެ.
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިގެ ކޮލިޓީ ވަރަށް ބޮޑަށް ދަށްވެފައިވާކަން ފާހަގަކުރަމުން އެޗްޕީއޭއިން ބުނީ، ނޭވާލާ ނިޒާމުގެ ބަލިތައް ރިޕޯޓްކުރާ އަދަދު ވެސް އިތުރުވަމުންދާ ކަމަށެވެ.
ބޭރަށް ހިންގުމާއި ރޯގާގެ ކޭސްޔައް ގިނަވަމުން އަންނައިރު، މިދިޔަ ފަސް އަހަރުގެ އިރުވައި މޫސުމުގައި (ޑިސެމްބަރުން އެޕްރީލަށް) ނޭވާލާ ނިޒާމުގެ ބަލިތައް ރިޕޯޓްކުރި އަދަދު އަހަރަކަށް ވުރެ އަހަރެއް ވަނީ އިތުރުވެފަ އެވެ.
ރޮނާލްޑޯ އަލުން އެނބުރި އަލް ނަސްރު ޓީމާ ގުޅިއްޖެ
ބަރުދަން ލުއިކުރަން މުޅިން ތަފާތު އާދަޔާ ޚިލާފު އުކުޅެއް!
ދިރާގުން ސެމްސަންގް ގެލެކްސީ ވޮޗް އަލްޓްރާ ވިއްކަނީ