އަރިދަފުސް ރޯގާއަކީ އަހަރުމެންގެ ތެރޭގައި އެންމެ އާއްމު އެއް ބައްޔަށް ވާއިރު އެ ބަލީގެ އަސަރު އެކި މީހުންނަށް އެކި ގޮތަށް ކުރާކަން ފާހަގަ ކުރެވެ އެވެ.

އެގޮތުން އެއް ބަޔަކަށް އަރިދަފުސް ރޯގާ ޖެހުމަކީ މާ ބޮޑު ކަމަކަށް ނުވާއިރު އަނެއްބައި މީހުންނަށް އެކަން ވަނީ އެނދުން ވެސް ތެދުވަން އުނދަގޫވާ ވަރުގެ ބޮޑު ކަމަކަށެވެ.

ޔޭލް ޔުނިވާސިޓީގައި މަސައްކަތްކުރާ ޑރ. އެލަން ފޮކްސްމަންއާއި އޭނާގެ ބައިވެރިން މިވަނީ އެކަމުގެ ފަހަތުގައިވާ ސިއްހީ ސިއްރުތައް ހޯދާފަ އެވެ.

އެ ޓީމުން ކުރި ދިރާސާއިން އެނގުނު ގޮތުގައި ވައިރަހެއް ނޭވާލާ ނިޒާމުގެ ތެރެއަށް ވަނުމާއެކު ނޭފަތުގެ ތެރޭގައި ހުންނަ ނޭސަލް ސެލްތަކުން އެ ވައިރަސް ބޭރުކުރަން މަސައްކަތް ފަށަ އެވެ.

އެހެން ނަމަވެސް އެކި މީހުންގެ ނޭސަލް ސެލްސް މަސައްކަތްކުރާ މިންވަރު ތަފާތުވާތީ މާ ކުޑަކޮށް އެ މަސައްކަތް ކުރެވޭނަމަ ނޭފަތަށް އަރިދަފުސް ޖަމާވެ ބަލީގައި ބޮޑުވަރުވެ އެވެ.

އޭގެ އިތުރުން ހަމަ މި ސެލްތަކުން ސިކުނޑިއަށް ފޮނުވާ ސިގްނަލްތަކުގެ ސަބަބުން ބޮލުގައި ރިއްސުމާއި މޭނުބައި ކުރުން ފަދަ ކަންކަމަށް މަގުފަހިވެ އެވެ.

އަރިދަފުސް ރޯގާއިން އަހަރުމެންގެ ސިއްހަތަށް ކުރާ އަސަރަކީ އަމިއްލަ ބާރުގައި އޮންނަ ކަމަކަށް ނުވި ނަމަވެސް އެކަން ކުޑަ ކުރުމަށްޓަކައި ކަންތައްތަކެއް ކުރެވިދާނެ ކަމަށް އެ ފަރާތްތަކުން ހާމަކުރެވެ އެވެ.