ހޮލީވުޑްގެ އެންމެ އާ ޖޯޑަކީ ރިއަލިޓީ ތަރި ކިމް ކާޑޭޝަންއާއި އެފް1ގެ ތަރި ލުވިސް ހެމްޕްޓަން ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ކިމްއާއި ލުވިސް ވަނީ މިދިޔަ އާދީއްތަ ދުވަހު ބޭއްވި ސުޕަ ބައުލްގައި އެކުގައި ފެނިގެން ދިޔައިރު އެމީހުން ފެނިގެންދިޔައީ ދެ ލޯބިވެރިންގެ ގޮތުގަ އެވެ.
ކިމްއާއި ލުވިސް އެކަކު އަނެކަކު ދަންނަތާ 10 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު އެ ދެމީހުންގެ އެކުވެރިކަން ލޯތްބަށް ބަދަލުވެފައިވާ ކަމަށް އިތުބާރުހުރި މަސްދަރުތަކުން ޔަގީން ކޮށްދީފައިވެ އެވެ.
މި އަޑުތަކަށް އިތުރު ބާރެއް ލިބެނީ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން އެ ދެމީހުން އެކުގައި ފެނިފައިވާތީ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މި ހަބަރުތައް މީޑިއާގައި ދައުރު ވަމުން ދިޔަ ނަމަވެސް އެ ދެތަރިންކުރެ އެކަކު ވެސް އެކަން އާއްމުކޮށް ޔަގީން ކޮށްދީފައި ނުވާކަން ފާހަގަ ކޮށްލެވެ އެވެ.
މީގެ ކުރިން ކިމް ތިން ކައިވެންޏެއް ކޮށްފައިވާއިރު އޭނާ އެންމެ ފަހުން ކުރި ކައިވެންޏަކީ ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓްއާއެކު ކުރި ކައިވެންޏެކެވެ.
މާސް ދޫކޮށް އިލަންގެ މިސްރާބު ހަނދަށް؟
އެކްސިޑެންޓަކާ ގުޅިގެން 115،000ރ ގެ ޖޫރިމަނާއެއް
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮލާ ބިލް ފާސްކޮށްފި