ދުނިޔޭގެ މަސްރަހަށް ބޮޑު ސިހުމެއް ގެނުވި ޖެފްރީ އެޕްސްޓީންއާ ބެހޭ ތަހުގީގީ ފައިލް ތަކުން ހާމަވެގެންދިޔަ ބިރުވެރި ކަންތަކުގެ ތެރޭގައި "ތަހުޒީބީ" އަދި "ހުޅަނގުގެ އުސޫލުތަކުގެ" ނަމޫނާގެ ގޮތުގައި ދުނިޔެ ބަލައިގެންފައިވާ ފަރާތްތަކަކަށް އަމާޒުވެފައިވާ ބިރުވެރި ތުހުމަތުތައް ހިމެނެ އެވެ.
މި ލިޔެކިޔުންތަކުގައި ތުހުމަތުކުރާ ގޮތުގައި، އިނގިރޭސި ރަސްގެފާނު ޗާލްސް ގެ ކޮއްކޮ ޕްރިންސް އެންޑްރޫ، އެޕްސްޓީންގެ ނެޓްވޯކް މެދުވެރިކޮށް ކުޑަކުދިންނާއެކު ޖިންސީ ގުޅުން ހިންގާފައި ވެ އެވެ. މި ތުހުމަތުތައް މިހާ ހިސާބުން ނިމުނީއެއް ނޫނެވެ. އެމެރިކާގެ ކުރީގެ ރައީސް ޖޯޖް އެޗްޑަބްލިއު ބުޝްއާ ދެކޮޅަށްވެސް މި ލިޔެކިޔުންތަކުގައި ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި، އޭނާ ކުޑަކުއްޖަކު ރޭޕްކުރުން ހިމެނެ އެވެ. އަދި ފެންމަތި ވެފައިވާ ތުހުމަތު ތަކުގެ ތެރޭގައި "ޝައިޠާނީ" ނުވަތަ "ތަލްމޫދީ" އަމަލުތަކެއްގެ ތެރޭގައި ކުޑަ ކުދިން ބޭނުންކުރުން ހިމެނެއެވެ.
މި ވާހަކަތަކުގެ ތެރޭގައި، ކަނޑުމަތީގައި އޮތް ޔޮޓެއްގައި، ހުޅަނގުގެ ނުފޫޒުގަދަ އެތައް ބައެއް ވެގެން އިންސާނިއްޔަތުކަމުގެ އެއްވެސް ކުލަވަރެއް ނެތް ގޮތަކަށް އިންސާނުން ކަތިލައި "ޤުރުބާންކޮށް"، ބަނޑު ފަޅައި، ގުނަވަންތައް ވަކިކޮށް މަރާލުމާއި، ލޭބުއިމާއި މިނިމަސް ކެއުންފަދަ ބިރުވެރި އަމަލު ތަކުގެ ތުހުމަތުތައް ހިމެނެ އެވެ.
މިއީ ރަސްމީގޮތުން ހާމަކުރި ފައިލް ތަކުގައި ހުރި ބައެއް ކަންތަކެވެ. ވީއިރު ހާމަ ނުކޮށް ހިފެހެއްޓި އެތައް މިލިއަން ފައިލްތަކުގައި ހުރި ތަކެތީގެ ނުބައި ކަމާއި ބިރުވެރިކަން ތަސައްވުރު ކޮށްލާށެވެ. މިއީ އިންޓަނެޓުގެ އަނދިރި ކަނެއްގައި ދެކެވޭ ޔޯލަ ވާހަކަތަކެއް ނޫނެވެ.
މިއީ ސިޔާސީ ނުފޫޒާއި ފައިސާގެ ބާރުވެރި ކަމުގެ ބޭނުން ކޮށްގެން ފުޅާ ގޮތެއްގައި ހިންގަމުން އައި ކުޑަކުދިން ޖިންސީގޮތުން ބޭނުން ކުރުމާއި، އިންސާނީ ވަގުފާރިއާއި ހަށިވިއްކުމުގެ ނެޓްވޯކަކާ ގުޅޭގޮތުން އެމެރިކާގެ ރަސްމީ ތަހުގީގީ އިދާރާތަކުން ކޮށްފައިވާ ތަހްގީގީ ފައިލްތަކުން ފެންމަތިވެފައިވާ ތުހުމަތުތަކެކެވެ.
މިކަންތަކުން ހާމަވީ އަނެއް ކަމަކީ އިންސާނީ ހައްގުތަކަށްޓަކައި އަބަދު ވަކާލާތު ކުރާ ގިނަ މީހުންގެ ދެފުށް ދެގޮތް ކަމެވެ. އަޅުގަނޑުމެންނަށް އަބަދު އިވޭ އިންސާނީ ހައްގު ތަކާއި އަހްލާގީ މިންގަނޑު ތަކުގެ އަޑުތައް ކޮބައިހެއްޔެވެ؟ ތުހުމަތު ކުރެވޭ މީހަކީ މުސްލިމަކަށް ވެއްޖެނަމަ، ނުވަތަ އިސްލާމްދީނާއި ކިރިޔާވެސް ގުޅުމެއް އޮތް ކަމަކަށް ވެއްޖެނަމަ ފެންނަ ނިމުމެއް ނެތް ކެމްޕޭންތަކާއި ކުށްވެރިކުރުންތައް މިއޮތް ބޮޑު ކަންތަކާއި ބެހޭގޮތުން އެގޮތަށް ނުފެންނަނީ ކީއްވެ ހެއްޔެވެ؟
"އިންސާނިއްޔަތަށްޓަކައި ކަންބޮޑުވާ" ކަމަށް އަބަދު ދަޢުވާ ކުރާ "ސެކިއުލަރިސްޓުން" ކޮބައިހެއްޔެވެ؟ ދުނިޔޭގެ މައި ބޮޑެތި މީޑިއާތައް މިހާ ބޮޑު ހިމޭންކަމެއްގައި މި އޮތީ ކީއްވެގެން ހެއްޔެވެ؟ މި ހަމަހިމޭން ކަމުގެ ސިއްރަކީ ކޮބައިހެއްޔެވެ؟
މި ނެޓްވޯކަކީ މުސްލިމުން ހިންގި އެއްޗަކަށް ނަމަ، މި ހިމޭންކަން ފެނުނީސް ހެއްޔެވެ؟ އިސްލާމް ދީނަށް މަލާމާތްކޮށް، އިސްލާމްދީނަށް ނަފުރަތު އޮއްސާލައި، އިސްލާމީ ތަރިކަ މުލުން ފޮހެލުމަށް އެމީހުން ގޮވާލީސް ނޫންހެއްޔެވެ؟
މިއިންވެސް އެނގޭ އެކައްޗަކީ މި މީހުން އިންސާނީ ޙައްގު ތަކާއި، އަޚުލާގިއްޔަތާއި މޯރަލިޓީއަށް ކުރާ ދަޢުވާޔަކީ އެއްވެސް ޙަގީގަތެއް ނެތް އެއްޗެއް ކަމެވެ. އެމީހުންގެ އިންސާނިއްޔަތުކަމަކީ އެއްވެސް ބިންގަލެއްނެތް ލާހޫރޭ މޫސުމީ އެއްޗެއް ކަމެވެ.
ކަންބޮޑުވުން ފާޅުކުރުމުން އިންތިހާބުގެ ޓައިމްލައިން އާންމުކޮށްފި
ރަސްމީ ރިޒާވް 1.13 ބިލިއަނަށް ވުރެ ގިނަ: ރައީސް
ފަތުރުވެރިންތަކަކާ އެކު ލޯންޗެއް ބަންޑުން ޖަހާލައިފި