އައްޑޫ މީދޫ އަދި މުޅި އައްޑޫ ސިޓީގައި ހިންގަން ވައުދުވެފައިވާ އެއްވެސް ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށްނުދާތީ އެކަމާ ގުޅޭގޮތުން ސުވާލު ކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުކޮށްދިނުމަށް އެދި މިއަދު ހުށަހަޅައިފި އެވެ.
މުއްތަލިބު މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދި ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާނެވެ. އޭނާ ހުށަހެޅުއްވި ސުވާލަކީ ޕްރޮޖެންކްޓްތައް ކުރިއަށް ނުދަނީ އައްޑޫ ސިޓީ ކައުންސިލް، އައްޑޫ މީދޫ މެންބަރު ނުވަތަ އައްޑޫގެ އެހެން މަޖިލިސް މެންބަރުންގެ އެއްބާރުލުން ނުލިބިގެންތޯ އެވެ.
މީގެއިތުރުން ޕްރޮޖެކްޓްތައް ފަށައިގަނެވޭނީ ކައުންސިލް އަދި މަޖިލިސް މެންބަރުން ކޮން ކަމެއް ކޮށްދިނީމަތޯ ވެސް މުއްތަލިބުއާ ސުވާލު ކުރުމަށް އޭނާ ހުށަހެޅުއްވި އެވެ.
އަބްދުއްރަހްމާން ވިދާޅުވީ އެއީ ރައްޔިތުންގެ އެދުމުގެމަތިން މިނިސްޓަރާ ކުރައްވާ ސުވާލެއް ކަމަށެވެ.
އައްޑޫ މީދޫގައި ސަރުކާރުން ހިންގަން ނިންމާފައިވާ ޕްރޮޖެކްޓްތަކާއި، ރައީސް މުހައްމަދު މުއިއްޒު އެ ރަށަށް ވަޑައިގެން އަމަލީ މަސައްކަތް ފެއްޓެވި މަޝްރުއުތައް އަދި މެނިފެސްޓޯގައި އައްޑުއަށް ވީ ވައުދުތަކުގެ ތެރެއިން އެއްވެސް ކަމެއް ނުހިނގާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް މުއިއްޒު މިދިޔަ އަހަރު އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ގިނަ މަޝްރޫއުތަކެއްގައި ސޮއިކޮށްފަ އެވެ.
ކައުންސިލް އިންތިހާބުގެ ޝަކުވާ ބަލަން ބިއުރޯއެއް އުފައްދައިފި
މާލޭގެ މޭޔަރު ކަމުގެ އެމްޑީޕީ ޓިކެޓް އާދަމް އާޒިމް ކަށަވަރުކޮށްފި
ނިމިގެން ދިޔައީ ތާރީޚުގައި ވެސް އެންމެ ރަނގަޅަށް ދިޔަ އިންތިޚާބު
