މިހާރު ކުރިއަށްދާ އެމްޑީޕީގެ ކައުންސިލް ޕްރައިމަރީއަކީ މިހާތަނަށް އެ ޕާޓީން ބާއްވާ އެންމެ މިނިވަން އަދި އިންސާފުވެރި ވޯޓު ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
މިއަދު މެންދުރުފަހު ފެށި އެމްޑީޕީގެ ޕްރައިމަރީގައި ވޯޓު ދެއްވުމަށްފަހު ރައީސް ސޯލިހު ނޫސްވެރިންނަ ވިދާޅުވީ ޑިމޮކްރަސީއެއްގައި އަންނާނެ އެންމެ އުފާވެރި ދުވަހަކީ ވޯޓުލާ ދުވަސް ކަމަށެވެ. އަދި މިއީ އެ މީހަކު ބޭނުންވާ ގޮތަކަށް ކަންކަން ނިންމުމަށް ލިބޭ މުހިންމު ދުވަހެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
އެގޮތުން އެމަނިކުފާނު ވަނީ މިފަހަރުގެ އިންތިހާބަކީ އެމްޑީޕީގެ އެތެރޭގައި ބާއްވާ އެންމެ އިންސަފުވެރި މިނިވަން އިންތިހާބު ގޮތުގައި މި އިންތިހާބު ސިފަކުރައްވާފަ އެވެ. ޕްރައިމަރީގައި ވޯޓުލާން ނުކުންނަ މީހުންގެ އަދަދު މަދުކަން ފާހަގަކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ އުންމީދަކީ ބާކީ އޮތް ވަގުތުތަކުގައި ވޯޓުލާން ނުކުންނަ މީހުން އިތުރުވެގެން ދިޔުން ކަމަށެވެ.
"އަޅުގަނޑުގެ އެދުމަކީ، އިންތިހާބު ނިމުނީމަ [ޕާޓީގެ] އެންމެ އެކީގައި މަސައްކަތް ކުރުން،" ސޯލިހް ވިދާޅުވި އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މިފަހަރު އެންމެ ބޮޑު ވާދަވެރިކަމެއް އުފެދިފައިވަނީ މާލޭ ސިޓީގެ މޭޔަރު ކެންޑިޑޭޓުންގެ މެދުގަ އެވެ. އެގޮތުން މިހާރުގެ މޭޔަރު އާދަމް އާޒިމް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާއެކު ވާދަކުރައްވާ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމްގެ ކެމްޕޭންވެސް ވަރަށް ވާދަވެރިކޮށް ކުރިއަށް ދިޔަކަން ފާހަގަކުރެވެ އެވެ.
ޖުމުލަ 154 ކެންޑިޑޭޓުން ވާދަކުރާ މި ޕްރައިމަރީ ފެށީ މިއަދު މެންދުރުފަހު 14:30 ގައެވެ. ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ މިރޭ 20:00އާ ހަމައަށް ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
އަބްދުއްރަހީމްގެ ފަތްކޮޅު ރަޝިއާގެ ޕުޓިންއަށް
ފްލެޓާއި ގޯއްޗަށް ހުޅުވާލުން ފަސްކޮށްފި
އެމްޑީޕީ ޕްރައިމަރީ ސުންހަވެރިކަމާ އެކު ނިންމާލުމަށް އެދިއްޖެ