ރާއްޖެއިން ރަޝިއާ އަށް ކަނޑައެޅި ނޮން- ރެސިޑެންޓް ސަފީރު އަބްދުއްރަހީމް އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން އަށް އަރުވައިފި އެވެ.
މި ރަސްމިއްޔާތު އޮތީ ރަޝިއާގެ ވެރިރަށް މޮސްކޯގެ ގްރޭންޑް ކްރެމްލިން ޕެލެސްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި މި ރަސްމިއްޔާތުގައި ސަފީރު އަބްދުއްރަހީމް ވަނީ ރައީސް މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ތަހުނިޔާ އާއި ހެޔޮއެދުންތައް ރަޝިއާގެ ރައީސްއަށް އަރިސް ކުރައްވާފަ އެވެ.
ރައީސް މުއިއްޒު ރަޝިއާ އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް އަބްދުއްރަހީމް އައްޔަން ކުރީ މިދިޔަ އަހަރުގެ މާޗް 11 ވަނަ ދުވަހު އެވެ. ސަފީރު އަބްދުއްރަހީމް މިހާރު ހުންނެވީ ތުރުކީއަށް ރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުކަމުގެ މަގާމުގަ އެވެ.
ސިނގިރޭޓު ނުބޯ މީހުން ފުއްޕާމޭގެ ކެންސަރަށް ހުށައެޅެނީ ކީއްވެ؟
"ސެންޓަ އެންޓަޕްރައިސަސްއިން އޮޅުވާލައިގެން ފައިސާ ހޯދަން އުޅުނު"
އެންމެ ދިގު ޑައިރެކްޓް ފްލައިޓް ފަށަން ތައްޔާރު ވަނީ!