އިންޑިއާގެ އަސްކަރީ މަނަވަރެއް ރާއްޖޭގެ ގިލިލަންކަންފުށީ ރިސޯޓުގެ ފަރަށް އަރައިފި އެވެ.
އިންޑިއާގެ މަނަވަރު ފަރަށް އަރާފައިވާ މަންޒަރު ފެންނަ ފޮޓޯ ތަކެއް "ހުރިހާ" އަށް ވަނީ ލިބިފަ އެވެ. މަންޒަރު ދުށް މީހަކު ބުނީ މަނަވަރު ވަރަށް ބޮޑަށް ރިސޯޓުގެ ފަރަށް އަރާފައި އޮތް އިރު، ބޯޓު ފުން ކުރުމުގެ މަސައްކަތް ދިވެހި ސިފައިންނާއި ގުޅިގެން ކުރަމުން ދިޔަ ކަމަށެވެ.
މިކަމާ ގުޅޭގޮތުން އެމްއެންޑީއެފް އާ ސުވާލު ކުރުމުން ބުނީ އެކްސަސައިޒް ދޯސްތީ ގައި ބައިވެރިވުމަށް މިއަދު ރާއްޖެ އައި އިންޑިއާގެ މަނަވަރު އައިސީޖީއެސް ވަޖްރާ މިހާރު ފުންކޮށްފައިވާ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އިތުރު ތަފްސީލު އެމްއެންޑީއެފުން ނުދެ އެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި އެމްއެންޑީއެފުން ވަނީ އިންޑިއާ ކޯސްޓްގާޑުގެ އައިސީޖީ ޑޯނިއާ، އައިސީޖީއެސް އަޓްލްޔާ އަދި އައިސީޖީއެސް ވަޖްރާ ރާއްޖެ އައިސްފައިވާ ކަމަށް ވަނީ ބުނެފަ އެވެ. މީގެ އިތުރުން ސްރީލަންކާގެ މަނަވަރެއް ވެސް ވަނީ މިއަދު ރާއްޖޭގައި ބަނދަރުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މިއީ ރާއްޖެ، އިންޑިއާ އަދި ލަންކާ ގުޅިގެން ބާއްވާ "ދޯސްތީ 17" އެކްސަސައިޒް ފެށުމަށް ރާއްޖެ އައި މަނަވަރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
މީގެ ކުރިން ވެސް ބޭރުގެ ބޮޑެތި ބޯޓު ފަހަރު ރާއްޖޭ ފަރަށް އެރުމުގެ ހާދިސާތަކުގައި ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކޮށްފައިވެ އެވެ.
ޓިމް ކުކް އެޕަލްގެ ސީއީއޯ މަގާމުން އިސްތިއުފާ ދެނީ
ކަނޑުއޮޅިން ދަތުރުކުރި ދެ އުޅަނދެއް އީރާނުން ހިފަހައްޓައިފި
ޓްރަމްޕް ޖެހި ހުރަސްތައް ފޫއަޅުވާލާ އިރާނުގެ 34 ބޯޓު ދަތުރުކޮށްފި