މާދަމައަކީ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ޕްރައިމެރީގެ ވޯޓުލުން އޮންނަ ދުވަސް ކަމަށްވުމުން އެ ޕާޓީގެ ހުރިހާ މެންބަރުން ނުކުމެވަޑައިގެން މި ވޯޓުގައި ބައިވެރިވެވަޑައިގަތުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވަނީ މިފަދައިން ގޮވާލައްވާ، ވޯޓުގެ ކަންތައްތައް އޮމާންކޮށް ސުލްހަވެރިކަމާއެކު ގެންގޮސްދެއްވުމަށް ވެސް އެދިވަޑައިގަނެފަ އެވެ.
ޕްރައިމަރީ ކާމިޔާބުކުރައްވާ ބޭފުޅުންނާއެކު ވާދަކުރެއްވި ހުރިހާ ބޭފުޅުން ވެސް ނުކުމެވަޑައިގެން މި އަހަރުގެ ކައުންސިލް އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކޮށްދެއްވުމަށް ވެސް ޝާހިދު އެދިވަޑައިގެންފައިވެ އެވެ.
ޝާހިދު ވިދާޅުވީ މި ސަރުކާރަކީ ދޮގާއި މަކަރާއި ހީލަތާއި ފަސާދައިގެ މައްޗަށް ބިނާކޮށްފައިވާ ސަރުކާރެއް ކަމަށާއި، މި ސަރުކާރު ބަލިކޮށްލުން އެއީ މިއަދު ކޮންމެހެން ވެސް ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.
އަދި މިކަން ކުރެވޭން ގޮތަކީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުދެއްވުންކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.
އެމްޑީޕީ ޕްރައިމަރީ ސުންހަވެރިކަމާ އެކު ނިންމާލުމަށް އެދިއްޖެ
އައްޑޫ "ސްކޫޕު" ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ހުށަހަޅައިފި