ދިރާގުން ކުރިއަށްގެންދާ 'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް' ޕްރޮމޯޝަނުގެ ފުރަތަމަ ސްޕީޑްބޯޓްގެ ނަސީބުވެރިޔާ ހޮވުމަށް ބާއްވާ ހަރަކާތުގައި މަޝްހޫރު ރޮބޯމޭންގެ ހާއްސަ ހުށަހެޅުންތަކެއް ފެންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00 އިން ފެށިގެން ހުޅުމާލެ ފޭސް 2، ދިރާގު ބީޗުގަ އެވެ. މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކާއެކު ކުރިއަށްދާ މި ހަވީރުގެ އެންމެ ފޯރިގަދަ ވަގުތަކަށް ވެގެންދާނީ، ދިރާގުން ހުށަހަޅާފައިވާ ފުރަތަމަ ސްޕީޑްބޯޓުގެ ނަސީބުވެރިޔާ އިއުލާންކުރާ ވަގުތެވެ.
މި ހަރަކާތުގައި ރާއްޖޭގެ މަގުބޫލު 'ރޮބޯމޭން' ގެ ހިތްގައިމު ހަރަކާތްތަކާއި، ޖޯޝުން ފުރިގެންވާ ހުށަހެޅުންތަކެއް ފެނިގެންދާނެ އެވެ. ރޮބޯމޭންއަކީ ހުރިހާ އުމުރުފުރައެއްގެ ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ފަންނާނެކެވެ. ސްޓޭޖުމަތީގައި ދައްކުވައިދޭ ފޯރިގަދަ ނެށުންތަކާއި ބެލުންތެރިންނާ ބާއްވާ ގާތް ގުޅުމުގެ ސަބަބުން، ރޮބޯމޭން އަކީ ރާއްޖޭގެ ބޮޑެތި އިވެންޓްތަކާއި ފެސްޓިވަލްތަކުގައި ގިނަ ބައެއްގެ ލޯބި ލިބިފައިވާ ތަރިއެކެވެ.
މި ޕްރޮމޯޝަނުގެ ދަށުން ހުށަހަޅާފައިވާ ފުރަތަމަ ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު ނިމުނު ކަމުގައި ވިޔަސް، ދެވަނަ ލޯންޗު ކާމިޔާބު ކުރުމުގެ ފުރުސަތު މާޗު 31، ގެ ނިޔަލަށް ކަސްޓަމަރުންނަށް އަދިވެސް އެބަ އޮތެވެ.
މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ދިރާގުގެ ވެބްސައިޓްގައި ވަނީ ހިމަނައިފަ އެވެ.
ދިރާގުން އަންނަނީ ޒުވާން ހުނަރުވެރި ފަންނާނުންގެ ކުރިއެރުމަށާއި، އެ ފަރާތްތަކުގެ ފަންނުވެރިކަން ދައްކާލުމަށްޓަކައި އެކިއެކި ފުރުސަތުތައް މަގުފަހިކޮށްދެމުންނެވެ. އަދި މި ފަދަ ހާއްސަ ޕްރޮމޯޝަންތަކުގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދީ، ރާއްޖޭގައި އެ ފަދަ ދެވަނައެއް ނެތް ޕްރޮމޯޝަންތައް ކުރިއަށް ގެންދަމުންނެވެ.
ތޫނުފިލި މީހުންގެ ބައެއް ސިފަތަކަށް ނަޒަރެއް!
އެމްޑީޕީގެ ކައުންސިލް ޕްރައިމަރީގެ ވޯޓުލުން ފަށައިފި
އީރާނުގެ އިންޒާރާ އެކު ޓްރަމްޕްގެ ވިސްނުން ބަދަލުކޮށްފި
