މާލޭގައި އުމުރުން ދުވަސްވީ މީހަކަށް އަނިޔާ ކުރި މީހާ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މާލޭ ހަލަވެލި ގޯޅީގައި ބަޔަކު ހަމަނުޖެހުން ހިންގައި މާރާމާރީ ހިންގި މައްސަލައެއް ރޭ 20:59 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި ގ. ޝާރާޒް، އަލީ އިމްރާން ވަހީދު ،30، މިއަދު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އެ މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެގޮތުން އުމުރުން ދުވަސްވީ އަންހެނަކަށް ޒުވާން ފިރިހެނަކު ހަމަލާދޭ މަންޒަރު އެ ވީޑިއޯ އިން ފެނެ އެވެ.
އާރަދްޔާގެ ފަރާތުން ފިލްމު ރިވިއުސް ހޯދަން އަބީޝޭކް ބިރުގަނޭ!
ޓިމް ކުކް އެޕަލްގެ ސީއީއޯ މަގާމުން އިސްތިއުފާ ދެނީ
އީރާނުން އެމެރިކާއަށް: ހަނގުރާމަކުރަން އާދޭ، މިތިބީ ތައްޔާރަށް
