މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޕަބްލިކް އެކައުންޓުން އޯވަ ޑްރޯ ކުރުމުގެ ހުއްދަ ހޯދުމަށް، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ވަކި މާއްދާތަކަކަށް އަމަލުކުރުން ހުއްޓާލަފައި އޮތްއޮތުން، އެއް އަހަރުގެ މުއްދަތަކަށް އިތުރުކުރުމުގެ ހުއްދަ ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުން އެގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 53 މެންބަރުންގެ ތެރެއިން 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ ހަތަރު މެންބަރުންނެވެ.
ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އައި ހީނަރުކަމުން އަރައިގަތުމަށް ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރަން، މަރުކަޒީ ބޭންކު (އެމްއެމްއޭ)އިން ސަރުކާރަށް ދަރަނި ނެގޭ ގޮތަށް ނުވަތަ އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވަޑްރޯ ކުރުމަށް މިދިޔަ އަހަރު މަޖިލީހުން ދީފައިވާ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާނެ އެވެ.
ފިނޭންސް މިނިސްޓްރީން ވަނީ އެ މުއްދަތު އިތުރު އެއްއަހަރަށް އިތުރުކޮށްދިނުމަށް މަޖިލީހުގައި އެދިވަޑައިގެންފަ އެވެ.
ފިނޭންސުން މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ، އެމްއެމްއޭއިން ސަރުކާރަށް ދަރަނި ނެގުމަށް ރައްޔިތުންގެ މަޖިލީހުން ދީފައިވާ އިސްތިސްނާއަށް އެއް އަހަރުވާން ކައިރިވެފައިވާއިރު، އިގްތިސޯދީ ހީނަރުކަމުން އަދިވެސް އަރައިގަނެވިފައި ނުވާ ކަމަށެވެ. އަދި ކޮވިޑް ބަލިމަޑުކަމާއި ގުޅިގެން ކުރިމަތިވެފައިވާ އިގްތިސާދީ ތަދުމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
އެގޮތުން މިދިޔަ އަހަރުގެ ހަތަރު ކުއާޓަރުގައި ވެސް ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ވަނީ އޭގެ ކުރީ އަހަރުގެ އެ ކުއާޓަރުތަކާ އަޅާބަލާއިރު ދަށްވެފައި އެވެ.
ހޮލީވުޑްގެ ތާރީހުގައި އެންމެ ކާމިޔާބު އާރް ރޭޓަޑް ފިލްމަކީ އޮޑިސީ
"އޮފް ކެމްޕަސް"ގެ ސީޒަން ބެލުންތެރިންނާ ހަމައަށް އަންނާނެ!
ރޭގަނޑުގެ ނިދި ނުލިބޭ ނަމަ، ކަސްރަތުކުރުމުގެ ބޭނުމެއް ނެތް؟