ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް އިސްތިއުފާ ދެއްވައިފި އެވެ.
އެނގިފައިވާގޮތުގައި ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ކަމުން ޑރ. އަޝްރަފް އިސްތިއުފާދެއްވީ މިއަދު އެވެ. އޭނާ އިސްތިއުފާދެއްވި ސަބަބެއް ނޭނގެ އެވެ.
އޭނާ ދިވެހި ބަހުގެ އެކެޑަމީގެ ރައީސްގެ މަގާމަށް އިންތިހާބުވީ އޯގަސްޓް، 2021 ގަ އެވެ.
އަޝްރަފްގެ އިތުރުން އެ އެކެޑަމީގައި ހަތަރު މެންބަރުން ތިއްބަވަ އެވެ. ގާނޫނު ބުނާގޮތުން ރައީސާއި ނައިބު ރައީސްގެ މަގާމަށް ބޭފުޅުން އިންތިހާބު ކުރަންވާނީ އެކެޑަމީގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އެކެޑަމީއަށް ބޭފުޅުން އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
ދިވެހި ބަހުގެ އެކެޑަމީގައި ރައީސަކު ހުންނަވަނިކޮށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ އެތަން ހިންގުމަށް ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ވަހީދު (އޮގަރު ވަހީދު) އައްޔަންކޮށްފަ އެވެ.
ވިވެކް ބޮލީވުޑުން ދުރަށް ދިޔައީ ކީއްވެ؟
ސޯނޫއަށް ލިބުނު އެވޯޑަކަށް އިންކާރުކުރިކަން އެނގޭތަ؟
ދިރާގު "ވިން 2 ސްޕީޑްބޯޓްގެ" ނަސީބުވެރިޔާ ހޮވައިފި
