ސުޝްމިތާ ސެންއަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު އަންހެން ފަންނާނުންގެ ތެރޭގައި ހިމެނޭ ތަރިއެއް ނަމަވެސް މިއަދާ ހަމައަށް އޭނާ އެއްވެސް ކައިވެންޏެއް ކޮށްފައި ނުވާތީ ގިނަ ބަޔަކު ސުވާލު ކުރެ އެވެ.
އެކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން ސުޝްމިތާ ބުނީ ތިން ފަހަރެއްގެ މަތިން ކައިވެންޏަކާ ހިސާބަށް ދިޔަ ކަމަށާ އެހެން ނަމަވެސް ކައިވެނި ނުކުރެވުނީ ކަމަށެވެ.
1994 ވަނަ އަހަރު މިސް ޔުނިވާސްގެ މަގާމު ހޯދި ސުޝްމީތާ ސެން ކައިވެނި ނުކޮށް ހުރި ސަބަބާ ބެހޭ ގޮތުން ވާހަކަ ދައްކާފައިމިވަނީ ކުރީގެ ބަތަލާ އަދި އަކްޝޭ ކުރާމްގެ އަންހެނުން ޓްވިންކަލް ކަންނާގެ "ޓްވީކް" ޝޯގައި ބައިވެރިވެ ކުރި ސުވާލުތަކަށް ޖަވާބު ދެމުންނެވެ.
އެ ޝޯގައި ވާހަކަ ދައްކަވުން އުމުރުން 46 އަހަރުގެ ސުޝްމީތާ ބުނީ ހަޔާތުގައި ރަގަޅު ބައިވެރިންނާ ދިމާވެފައިވާ ކަމަށެވެ. އަދި ތިން ފަހަރަކު ކައިވެނި ކުރަން ޕްލޭން ކުރި ކަމަށާއި އެހެން ނަމަވެސް ކައިވެނި ކުރުމުގެ ކުރިން ކޮންމެވެސް މައްސަލަތަކެއް ޖެހި ވަކިވާން ޖެހޭ ކަމަށެވެ.
އެއީ ކޮން ބައެއްކަން ސުޝްމީތާ އެޝޯގައި ހާމަކޮށްފައިނުވެ އެވެ. އަދި އެކަމާ ބެހޭ ގޮތުން އިތުރަށް އޭނާ ވާހަކަ ދައްކާފައިނުވެ އެވެ.
ސުޝްމިތާއަކީ ވަރަށް ޒުވާން އުމުރުގައި ދެ އަންހެން ކުދިން ވެސް އެޑޮޕްކޮށްފައިވާ މީހެކެވެ އެއީ މިހާރު 21 އަހަރުގެ ރެނީ ސެން އާއި 12 އަހަރުގެ އަލީސާ ސެން، 12 އެވެ.
ކައިވެންޏަކާ ހަމައަށް މިހާތަނަށް ނުދެވުނީ އެޑޮޕްޓްކުރި ދަރިންނާ ހެދިތޯ ސުވާލުކުރުމުން ސުޝްމިތާ ބުނީ އެކަން ދުވަހަކު ވެސް މައްސަލައަކަށް ނުވާ ކަމަށެވެ.
"ނަސީބަކުން އަހަރެންގެ ހަޔާތުގައި ވަރަށް ޝައުގުވެރި ފިރިހެނުންނާ ބައްދަލުވި، ދުވަހަކުވެސް ކައިވެނި ނުކުރި ހަމައެކަނި ސަބަބަކީ އެމީހުން ތިބީ ލެޓްޑައުން އަކަށް ވާތީ. އެއީ އަހަރެންގެ ކުދިންނާ ގުޅުމެއް ނެތް ކަމެއް،" ސުޝްމީތާ ބުންޏެވެ.
ސުޝްމިތާ ފާހަގަކުރެވިފައި ވަނީ މިހާތަނަށް ވަރަށް ގިނަ ބަޔަކާ ލޯބީގެ ގޮތުން ގުޅުނު ބަތަލާއެއްގެ ގޮތުގަ އެވެ. ސުޝްމިތާ ރައްޓެހިވި މީހުންގެ ތެރޭގައި ޑައިރެކްޓަރު ވިކްރަމް ބަޓާއި ޑައިރެކްޓަރު މުދައްސަރު އަޒީޒު ވެސް ހިމެނެ އެވެ.
ފިލައިގެން އުޅުނު އިޒާމް ރޭޕްގެ ކުށުގައި 15 އަހަރަށް ޖަލަށް
ހެނދުނުގެ ނާސްތާ ކުރާއިރު މި ގޯސްތަކަށް ސަމާލުވޭ!
ހިފާ ގެންގުޅޭ ސާމާނު ދޮންނަން ޖެހޭތަ؟