ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން ބަންގްލަދޭޝްގެ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވާ ކަމަށެވެ. އަދި މި ހިތާމަވެރި ވަގުތުގައި އެކަމަނާގެ އާއިލާއަށް މާތްﷲ ކެތްތެރިކަން ދެއްވުމަށް އެދި ދުއާ ކުރައްވާ ކަމަށްވެސް ރައީސްގެ މެސެޖުގައި ވިދާޅުވި އެވެ.
އާލާސްކަންފުޅުގައި ގިނަ އަހަރުތަކެއް އުޅުއްވުމަށްފަހު އުމުރުފުޅުން 80 އަހަރުގައި ޚާލިދާ ޒިޔާ އަވަހާރަވީ މިއަދު ހެނދުނު ކަމަށް އެކަމަނާގެ ޕާޓީ، ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެމްޕީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ޚާލިދާ އަކީ ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑު ވަޒީރެވެ. ވިހި އަހަރު ދުވަހުގެ ތެރޭގައި ބޭއްވި ފުރަތަމަ ޑިމޮކްރެޓިކް އިންތިހާބު ކާމިޔާބު ކުރައްވައި ބޮޑުވަޒީރުގެ މަގާމު ހާލިދާ ހޯއްދެވީ 1991 ވަނަ އަހަރު އެވެ. ހާލިދާ ވަނީ ދެ ފަހަރެއްގެ މަތިން އެގައުމުގެ ބޮޑުވަޒީރުކަން ކުރައްވާފަ އެވެ.
މިދިޔަ އަހަރު ބަންގްލަދޭޝްއިން ފިއްލެވި އެގައުމުގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ވެރިކަމުގައި ޚާލިދާ ވަނީ ކޮރަޕްޝަނުގެ މައްސަލަ ސާބިތުވެގެން ދިގުމުއްދަތަކަށް ޖަލަށްލާފަ އެވެ. މިދިޔަ އަހަރު ހަސީނާގެ ވެރިކަން ބަދަލުވަންދެން ހާލިދާ ހުންނެވީ ޖަލުގަ އެވެ. ޖަލުގައި ހޭދަކުރެއްވި ދުވަސްވަރު ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވެ އާއިލާއިން ގޭ ބަންދަށް ބަދަލުކޮށްދިނުމަށް އެދުނު ނަމަވެސް ހަސީނާގެ ސަރުކާރުން ވަނީ އެކަމާއި ދެކޮޅުހަދާފަ އެވެ.
"ﷲގެ އިރާދަފުޅާއެކު" 1000 ގޯލު ހަމަ ކުރާނަން: ރޮނާލްޑޯ
ބީއެމްއެލް އިން ސްވައިޕްގެ ބީޓާ ޓެސްޓިން ފަށައިފި
ދިރާގުން ދޭ ސްޕީޑްބޯޓް ހޯދަން ބާކީ ތިން ދުވަސް
