މީހެއްގެ ފޯނުގެ ވައިބާ ހެކްކޮށް، މަކަރާއި ހީލަތުން އެކި ފަހަރު މަތިން ފޭރުނު 150،000 އަދިވެސް ހޯދިފައިނުވާކަން އެނގިއްޖެ އެވެ.
އެ މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި ހިމެނޭ ހަސަން އަޒުރާހްގެ ބަންދު މުރާޖައާކުރުމަށް ބޭއްވި އަޑުއެހުމުގައި ބުނެފައިވަނީ ގެއްލުނު އެއްވެސް ފައިސާއެއް މިހާތަނަށް ހޯދިފައި ނުވާކަމަށެވެ.
ކުށުގެ ރިކޯޑް އޮންނަ އަޒުހާރްގެ މިހާރުވެސް ސްކޭމްއާ ގުޅޭ 27 މައްސަލައއެއް ބަލަމުން އަންނަކަން ކޯޓުގެ ހުކުމުން އެނގެ އެވެ. މި މައްސަލައިގައި އޭނާގެ ބަންދަށްވަނީ 30 ދުވަސް އިތުރުކޮށްފަ އެވެ.
ވައިބާ ހެކްކޮށް އެ މީހާގެ ނަމުގައި އެކި މީހުންނާ ވާހަކަދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000އަށް ވުރެ ގިނަ ރުފިޔާ ހޯދި މައްސަލައިގައި މި މަހު އަޒުރާޙު ހިމެނޭހެން ހަތަރު މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ ގ.މާލެހިޔާ 1-16-03، އަހްމަދު ހައްސާން އާއި ނ. މަނަދޫ / ވެށި، ޙުސައިން ސަމާޙު އަދި ހމ. ފަރުމާވިލާ / މާލެ، ޙުސައިން ފާރިޝް ޢުމަރު އެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޑިސެމްބަރު މަހުގެ މިހާތަނަށް ސްކޭމްގެ 98 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. އެގޮތުން 1.4 މިލިޔަން ރުފިޔާ ވަގަށް ނަގާފައިވާއިރު، އޭގެ ތެރެއިން ހޯދުނީ 280،000 ރުފިޔާ އެވެ.
މީހަކަށް އަނިޔާކޮށް މޫދަށް އެއްލާލި ދެ މީހުން ހައްޔަރުކޮށްފި
ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި
އެސްއެމްއީތައް ކުރިއެރުވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަނީ