މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ބޮލީވުޑް ފިލްމު "ދުރަންދަރް"އަށް ލިބެމުން އަންނަ ބޮޑު ކާމިޔާބީއާއެކު އެ ފިލްމުގެ ތަރިންނަށް ލިބޭ ސަމާލުކަން ވެސް ވަނީ ބޮޑުވެފަ އެވެ.
އެގޮތުން އެ ފިލްމުގެ ނެގެޓިވް ރޯލުން ފެނިގެންދިޔަ އަކްޝޭ ޚަންނާގެ ހުށައެޅުމަށް ގިނަ ބަޔަކު ތައުރީފު ކުރަމުން އަންނައިރު އެ ފިލްމަށްފަހު އޭނާއަށް ލިބޭ ސަމާލުކަން ވެސް ވަނީ ބޮޑުވެފަ އެވެ.
މިއާއެކު ދެން އިވިގެން ދިޔަ ޚަބަރަކީ އަކްޝޭ ސޮއި ކޮށްފައިވާ އެހެން ފިލްމެއް ކަމަށްވާ އަޖޭ ދޭވްގަންގެ "ދްރިޝްޔަމް 3"އިން އޭނާ ވަކިވި ހަބަރެވެ.
ހަބަރުތައް ބުނާ ގޮތުގައި އަކްޝޭ އެ ފިލްމުން ވަކިވީ އޭނާގެ ފީ ބޮޑު ކޮށްދިނުމަށާއި ފިލްމުގައި އޭނާ ފެނިގެންދާ ގޮތަށް ބަދަލުތަކެއް ގެންނަން އެދުމުން އެކަމަށް ޕްރޮޑިއުސަރުން އެއްބަސް ނުވުމުންނެވެ.
މިކަމާ ގުޅިގެން އެއްވެސް ފަރާތަކުން ރަސްމީ ބަޔާނެއް ނެރެފައި ނުވާއިރު ދުރަންދަރުގެ ކާމިޔާބީގެ ސަބަބުން އަކްޝޭ އޭނާގެ ފީ ބޮޑު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އަޖޭ ދޭވްގަން ލީޑު ރޯލުން ފެނިގެންދާ "ދްރިޝްޔަމް 3" ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު އެވެ.
ގިރާވަރުފަޅުން ޖޫން މަހު ގޯތި ދޫކުރަން ފަށާނެ: ރައީސް
އިޒްރޭލްގެ ނިއުކްލިއާ މަރުކަޒު ހުންނަ ސަރަހައްދަށް ހަމަލާދީފި
ވޯލްޑް ކަޕަށް ދޭންޖެހޭ ފަންޑު އެމެރިކާއިން ނުދޭތީ ކަންބޮޑުވެއްޖެ