މުދާ ހިފައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި ބާޖަކުން މޫދަށް ވެއްޓި ގެއްލުނު މީހަކު، މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ގުޅިފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިފައިވާކަމުގެ މައުލޫމާތު 1:21 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ މީހާގެ ހަށިގަނޑު ކަނޑުން ނަގައި އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށާއި އެއީ ބިދޭސީ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މީހާ ދެނެގަނެވިފައިވާ ކަމަށާއި އެއީ މުދާ ހިފައިގެން އެއާޕޯޓަށް ދަތުރުކުރި ބާޖަކުން މޫދަށް ވެއްޓި ގެއްލިފައިވާ މީހެއްކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮންއިރަކު ހިނގި ހާދިސާއެއްކަން މިހާތަނަށް ފުލުހުން ހާމަކޮށްފައިނުވެ އެވެ.
އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ދާ ކަމަށް ފުލުހުން ބުންޏެވެ.
ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 21.65 ރުފިޔާއަށް އަރައިފި
އެންމެ ދިގު ޑައިރެކްޓް ފްލައިޓް ފަށަން ތައްޔާރު ވަނީ!