މަޝްހޫރު "ކައިލީ ކޮސްމެޓިކްސް"ގެ މިލްކުވެރިޔާ އަދި ރިއަލިޓީ ތަރި، ކައިލީ ޖެނާ އޭނާގެ ލޯބިވެރިޔާ ޓްރެވިސް ސްކޮޓްއާ އޮތް ލޯބީގެ ގުޅުމަކީ ހަބަރުތަކުގެ ފަލަ ސުރުހީތަކުން ޖާގަ ހޯދި ހަބަރުތަކެކެެވެ.
ދެ ފަހަރު މަތިން ލޯބީގެ ގޮތުން ގުޅުނު ނަމަވެސް އެންމެ ފަހުން އެ ދެމީހުން ވަނީ 2023 އަހަރުގެ ކުރީކޮޅު އެ ގުޅުން ނިންމާލިކަން ޔަގީން ކޮށްދީފަ އެވެ.
އެ ނިންމުމުގެ ފަހަތުގައި ވަނީ ކޮން ސަބަބެއްތޯ ކުރެވުނު ސުވާލުތަކަށް ރައްދު ދެމުން ކައިލީ ވަނީ އެދެމީހުން ވަކިވީ ސެލީނާ ގޯމޭޒްގެ ސަބަބުން ކަމުގައި ބުނެފަ އެވެ.
އެގޮތުން ޓްރެވިސްއާއި ސެލީނާގެ ގައިގޯޅި ފޮޓޯތަކެއް އޭނާއަށް ފެނުނު ކަމަށާއި އެ ދެމީހުންގެ ގުޅުން އެންމެ ގޯސްވީ އެ ހިސާބުން ކަމަށް އޭނާ ބުންޏެވެ.
ކައިލީއާއި ޓްރެވިސް އެކުގައި އުޅުނު ދުވަސްވަރު އެ ދެމީހުންނަށް ދެ ދަރިން ލިބިފައިވެ އެވެ. އެއީ ސްޓޯމީއާއި އައިރް އެވެ. މިހާރު އެ ދެމީހުން ވެސް އަންނަނީ ދަރިން ބެލުމުގައި އެއްބާރުލުން ދެމުންނެވެ.
ކައިލީގެ ލޯބީގެ ހަޔާތަށް ބަލާލާއިރު އޭނާ މިހާރު ރައްޓެހި ވެގެން އުޅެނީ މަޝްހޫރު އެކްޓަރު ޓިމޮތީ ޗަލަމެޓްއާ ކަމަށް ހަބަރުތައް ބުނެ އެވެ.
އެމާގެ މި ހެދުން ހާއްސަވާ ސަބަބު ވަރަށް ތަފާތު!
ސަރުކާރުން ދޭންޖެހޭ ފައިސާ އިން ޓެކްސް ދެއްކޭނެ ގޮތް ހަދަނީ
ކުރިއަށްއޮތް ދެ ދުވަހުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި