ގާނޫނާއި ހަމަތަކުގެ މަތީން، އެމަނިކުފާނުގެ ޖަލަށް ލެވޭނެ އެއްވެސް ގޮތެއް ނޯންނާނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރީސެޓްގެ ނަމުގައި ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވަނީ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބެއްގައި އެމަނިކުފާނު ވާދަކުރަން ހުރަހެއް ކުރިމަތިވެދާނެތޯ ވަނީ ސުވާލުކުރައްވާފަ އެވެ.
ޔާމީން ވިދާޅުވީ، އެމަނިކުފާނަށް ޖަލު ހުކުމެއް އަންނާނެ ގޮތެއް އެއީ ނެތް ގޮތެއް ކަމަށެވެ. އަދި މިސަރުކާރުން އެކަން ކޮށްފިނަމަ އެއީ ހަދާނެ އެންމެ ބޮޑު ގޯސް ކަމަށް ވިދާޅުވި އެވެ.
"އެހެންކަމުން މި ސަރުކާރުން ވެސް އަޅުގަނޑު ޖަލަށް ލަންޏާ ޖަލަށް ލައްވަވާ. އެއީ އެބޭފުޅުން ހައްދަވާނެ އެންމެ ބޮޑު ގޯސް،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހީފުޅުކުރެއްވީ، އެމަނިކުފާނު ޖަލުގައި ބައިންދައިގެން ބާއްވާ ރިޔާސީ އިންތިހާބެއް ކާމިޔާބުކުރެއްވޭނެ ކަމަށެވެ. ނަމަވެސް ތަގުދީރުގައި ﷲގެ ނިންމެވުން މާ ވަރުގަދަ ކަމަށް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑު ނިކުމެ ތިބޭފުޅުންގެ ކުރިމަތީގައި އައިސް މިހުންނަނީ ސަމާސާއަކަށްތޯ. އަޅުގަނޑު ނިކުމެ ސިޔާސީ މަސައްކަތް މި ކުރަނީ، ރައްޔިތުންގެ ހައްގުގައި މަސައްކަތް މިކުރަނީ އަޅުގަނޑު ޖަލަށް ލާފާނެތީ ބިރުންތޯ. އެހެންވެއްޖެޔާ އެ މީހުން ބިރުގަންނަން އެއުޅެނީ ނުބައި މީހެއް. އަޅުގަނޑު ބިރުގަންނަވަން އުޅޭނެ ކަމެއް ނެތް،" ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނުގެ "ގައިގައި އަތްލައިފިނަމަ" ރައީސް މުހައްމަދު މުއިއްޒަށް މިހާރު އޮތް ތާއީދު ވެސް ގެއްލޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
ޝަމްއާން ބަންދުން ދޫކުރެވެން ނެތްކަމަށް ނިންމައިފި
ކެލާ ކައިރިން ލަންކާގެ ދެ މަސް ބޯޓު އަތުލައިގެންފި
ސަރުކާރުން ދޭންޖެހޭ ފައިސާ އިން ޓެކްސް ދެއްކޭނެ ގޮތް ހަދަނީ
