ރޭގަނޑު 12 ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކޮށް، ގާނޫނީ ފިޔަވަޅު އަޅަންޖެހޭ ފަދަ ކަމެއް ހިނގާނަމަ އެކަން ކުރުމަށް، ރައީސް މުހައްމަދު މުއިއްޒު ފުލުހުންނަށް އަންގަވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މިރެއިން ފެށިގެން މިކަން ތަންފީޒުކުރުމަށް ފުލުހުންނަށް އަންގަވާފައިވާކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި އުޅެމުންދާ ބައެއް ބިދޭސީން ރޭގަނޑުގެ ދަންވަރު ވަގުތުގައި ރަށުތެރޭގެ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް އުޅެމުންދާކަމުގެ ކަންބޮޑުވުން ލިބެމުންދާކަމަށެވެ.
އެހެންކަމުން ރޭގަނޑު 12 އިން ފެށިގެން ހެނދުނު 6 ޖެހުމާ ހަމައަށް، އާންމު ތަންތަނުގައާއި އަދި މަގުމަޓީގައި އުޅޭ ބިދޭސީން ހުއްޓުވާ އެމީހުންނާ ސުވާލުކޮށް ހެދުމަށް ފުލުހުންނަށް އަންގަވާފައިވާކަމަށް ރައީސް ވިދާޅުވި އެވެ.
އަދި އެމީހުންނާ ސުވާލުކުރާއިރު ރާއްޖޭގެ ގާނޫނުތަކާ ހިލާފު ކަމެއް ފާހަގަވާނަމަ އެކަމާ ގުޅިގެން ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅެއްވާނަމަ އެފިޔަވަޅެއް އެޅުމަށް ފުލުހުންނަށް އަންގަވާފައިވާކަމަށް ރައީސް ވިދާޅުވި އެވެ.
ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ވެސް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.
"ތޭރޭ ނާމް" އަދި "ރަންގީލާ"ގެ ސީކުއަލްއަށް ފެހި ސިގްނަލް ދީފި
އޮމާން ކައިރިން ތެޔޮ ޓޭންކަރަކަށް ދިން ހަމަލާގައި 3 މީހުން މަރުވި
ވޯލްޑް ކަޕުން ފުރުސަތު ގެެއްލުމުން ސޯމަލިއާ ރެފްރީ ސުޕަ ކަޕަށް
