ބޮލީވުޑްގެ ނަން މަޝްހޫރު އެކްޓަރެއް ކަމަށްވާ އަރުޖުން ރާމްޕަލްއާއި އޭނާގެ ދުވަސްވީ ލޯބިވެރިޔާ ގެބްރިއެއްލާ ޑެމެޓްރިއޭޑްސް އެންގޭޖްވިކަން ހާމަކޮށްފި އެވެ.
އަރްޖުންއާއި ގިބްރިއެއްލާ މިކަން ހާމަކޮށްފައިވަނީ ރިއާ ޗަކްރޮބޮތީގެ ޕޮޑްކާސްޓްގައި ބައިވެރިވެ ދެއްކި ވާހަކަތަކުގެ ތެރެއިންނެވެ. އެ ޕޮޑްކާސްޓްގައި އެމީހުން ވަނީ އެމީހުންގެ ގުޅުމާ ބެހޭގޮތުން ކުރިން ނޭނގޭ ވާހަކަތަކެއް ހިއްސާ ކޮށްފަ އެވެ.
"އަދި އަހަރުމެން ކައިވެންޏެއް ނުކުރަން. އެކަމަކު ކުރިއަށް އޮތް ތަނުގައި ވާނެ ގޮތެއް ކާކަށް އެނގެނީ." ޕޮޑްކާސްޓްގައި ގެބްރިއެއްލާ ބުންޏެވެ.
"އެކަމަކު އަހަރުމެން މިހާރު މި އުޅެނީ އެންގޭޖް ވެގެން. އެކަން މި އިއުލާންކުރީ މި ޕޮޑްކާސްޓްގައި" ޖަވާބުގައި އަރުޖުން ބުނެފައިވެ އެވެ.
އަރުޖުންއާއި ގެބްރިއެއްލާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ހަ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު އެ ދެމީހުންނަށް ދެ ކުދިން ވެސް ލިބިފައިވެ އެވެ.
ފިލްމީ މަސައްކަތްތަކަށް ބަލާލާއިރު އަރުޖުންގެ އެންމެ ފަހުގެ ފިލްމު "ދުރަންދަރް"ގައި އޭނާޅ ދެއްކި އެކްޓިން އަށް ގިނަ ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ.
އީރާނުން އެމެރިކާގެ މަނަވަރުތަކަށް ރައްދު ހަމަލާތަކެއް ދީފި
އިންސާނާގެ މިޒާޖުގެ ފަހަތުގައި ވަނީ ކޮން ސިއްރެއް؟
ވޯލްޑް ކަޕް 2026ގެ ރަސްމީ ލަވަ: ޝަކީރާއަށް ހެޓްރިކެއް!