ހއ. ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ތިން މަހަށް ސަސްޕެންޑުކޮށްފި އެވެ.
އެލްޖީއޭ އިން މިއަދު އޭނާ ތިން މަހަށް ސަސްޕެންޑުކުރީ މުސާރަ ނުލިބޭގޮތަށެވެ.
އެލްޖީއޭއިން ބުނީ އެފަދައިން ނިންމީ ހޯރަފުށީ ކައުންސިލާ ގުޅިގެން ހުށަަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެން އެ އޮތޯރިޓީން ކުރިއަށްގެންދިޔަ އިންކުއަރީއަށްފަހު ކަމަށެވެ.
އެ އިންކުއަރީ ހެދުމުގެ ހުއްދަ ލޯކަލް ގަވާމެންޓް މިނިސްޓަރު އާދަމް ޝަރީފު ދެއްވީ މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހު އެވެ.
އެލްޖީއޭ އިން ބުނީ ވަހީދަށް ފިޔަވަޅު އެޅީ، ގާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ކައުންސިލް ހިންގުމާއި އެކަން ކަށަވަރުކުރުމުގެ އެންމެ އިސް ޒިންމާ މަތިކޮށްފައިވާ ފަރާތަކީ ކައުންސިލުގެ ރައީސް ކަމަށްވާތީ އެވެ. އެގޮތުން ގާނޫނުތަކާއި ގަވާއިދުތަކާ ކައުންސިލުގެ ރައީސް ހިލާފުވެފައިވާ ކަން އިންކުއަރީއަށް ފާހަގަކުރެވޭ ކަމަށް ވެސް އެލްޖީއޭ އިން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ހޯރަފުށީ ކައުންސިލްގެ ބާކީ ތިބި މެންބަރުންނަށް ނަސޭހަތްތެރިވުމަށް ވެސް ވަނީ ނިންމާފަ އެވެ.
އެމެރިކާގެ 18 އަމާޒަކަށް އީރާނުން ވަރުގަދަ ހަމަލާތަކެއް
ވޯލްޑް ކަޕުން ފުރުސަތު ގެެއްލުމުން ސޯމަލިއާ ރެފްރީ ސުޕަ ކަޕަށް
"ބިގް ބޭންގް ތިއަރީ"ގެ ތަރި ކޭލީ ދެވަނަ ދަރިފުޅަށް ބަނޑުބޮޑު!
