މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޝަހީދު އިބްރާހީމް މިއަދު އައްޔަން ކޮށްފި އެވެ.
ޕޯސްޓް ލިމިޓެޑަށް އޭނާ އައްޔަން ކުރީ ބޯޑު މެންބަރުގެ އިތުރުން ޑީއެމްޑީގެ މަގާމާއެކު އެވެ.
ޝަހީދު އަލުން މަގާމަކަށް އައްޔަން މިކުރީ ވެމްކޯގެ ޑީއެމްޑީގެ މަގާމުން ވަކިކުރިތާ އަހަރެއް ވާން ގާތްވެފައި ވަނިކޮށެވެ.
ވެމްކޯއިން އޭނާ ވަކިކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފްގައި 17 އަހަރު ވަންދެން ޝަހީދު ހިދުމަތް ކުރެއްވި އެވެ.
އޭނާއަކީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެނެޓްގެ ވެސް މެންބަރެކެވެ.
ދިރާގު ރޯދަ ރެޑީ ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިން
ޖޭލޯއާއެކު އެއްވެސް ގުޅުމެއް ބާއްވަން ޖެނިފާ ބޭނުން ނުވަނީ ކީއްވެ
ގްރެމީ އެވޯޑް 2026 ބާއްވައިފި