އެމެރިކާގެ "އަމާން" ދިރިއުޅުން ދޫކޮށް އަލުން އިންޑިއާއަށް ބަދަލުވީ ސަބަބު ބޮލީވުޑްގެ ކުރީގެ މަޝްހޫރު ތަރި މާދުރީ ޑިކްސިޓް ބުނެދީފި އެވެ.
އޮންލައިން ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން މަދޫރީ ބުނީ އޭނާ އިންޑިއާއަށް ބަދަލުވީ މިވަގުތު ދިރިއުޅުމުގެ ކަންތައްތައް ހުރި ގޮތުން ކަމަށެވެ.
އެގޮތުން އޭނާގެ އުމުރުން ދުވަސްވީ މައިންބަފައިން އެނބުރި ގައުމަށް އަންނަން ބޭނުންވުމާއި އޭނާގެ މަސައްކަތް އިންޑިއާގައި ކުރަން ޖެހުމަކީ ދިރިއުޅުން ބަދަލުކުރި މައިގަނޑު ސަބަބު ކަމަށް އޭނާ ބުންޏެވެ.
އެމެރިކާގެ ދިރިއުޅުމަކީ އަމާން އަދި އުފާވެރި ދިރިއުޅުމެއްގެ ގޮތުގައި ސިފަކުރަމުން މާދުރީ ބުނީ ގައުމުން ބޭރުގައި އާއިލާގެ އެންމެންނާއެކު ދިރިއުޅުމުގެ ފުރުސަތު ލިބުނު ކަމަށެވެ.
1999 ވަނަ އަހަރު އިންޑިއާގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ސްރީރާމް ނޭނޭއާ ކައިވެނިކުރި މާދުރީ އިންޑިއާއަށް އައިސްފައި މިވަނީ އެ ގައުމުގައި ދިރިއުޅޭތާ 10 އަހަރު ފަހުންނެވެ.
މާދުރީއަކީ 90ގެ އަހަރުތަކުގައި ބޮލީވުޑްގެ ފިލްމުތަކުން އާއްމުންގެ ބޮޑު މަގުބޫލުކަމެއް ހޯދި ތަރި އެކެވެ. ކައިވެންޏަށްފަހު އޭނާ ވަނީ ފިލްމީ މަސައްކަތްތަކުން ކުޑަކޮށް ދުރުވެފަ އެވެ.
ވައިބާ ހެކްކޮށް މަކަރާއި ހީލަތުން 150،000ރ. ނެގި މީހަކު ހައްޔަރު
ވޯލްޑް ކަޕް 2026 ގެ މެޗުތަކުގެ ޝެޑިއުލް އާންމުކޮށްފި
ސަރުކާރުން ކޯޓްތަކަށް ނުފޫޒު ފޯރުވައޭ ބުނާނެ މީހަކު ނެތް: ރައީސް