މިހާރު ބޮލީވުޑްގެ އެންމެ ފުންނާބު އުސް ތަރިންގެ ތެރޭގައި ހިމެނޭ ތަރިއެއް ކަމަށްވާ އަކްޝޭ ކުމާރަކީ ބޮލީވުޑަށް ނުކުތުމުގެ ކުރިން ވަރަށް އާދައިގެ ދިރިއުޅުމެއް އުޅުނު މީހެކެވެ.
އެގޮތުން އަކްޝޭ ވަނީ، ފިލްމީ ތަރިއަކަށް ވުމުގެ ކުރިން އިންޑިއާގެ ސިޓީއެއް ކަމުގައިވާ ކަލްކަތާގައި ހުންނަ ޓްރެވަލް އޭޖެންސީއެއްގައި މަސައްކަތް ކޮށްފަ އެވެ.
އަދި އޭގެ ފަހުން ވެސް ގަހަނާ ވިއްކާ ފިހާރައެއްގެ ސޭލްސް މޭން އެއްގެ ވަޒީފާގައި ވެސް ދުވަސްތަކެއް ވަންދެން އޭނާ އުޅެފައިވެ އެވެ.
ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކުރަމުން އައިސް އަކްޝޭ ވަނީ އޭނާގެ ހުވަފެންތައް ކާމިޔާބުކޮށް، އޭނާ ބޭނުންވާ މަންޒިލަށް ވާސިލްވެފަ އެވެ.
އޭނާއަށް އިތުރު ދާއިރާތަކުން ކުރިއަށް ދިއުމަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް އިތުރު މަސައްކަތެއް ކުރާކަށް އޭނާ ބޭނުމެއް ނުވެ އެވެ.
އެންމެ ކުރާހިތްވާ މަސައްކަތަކީ އެކްޓު ކުރުން ކަމަށާއި، މުނިފޫހި ފިލުވުމުގެ ދާއިރާގައި ބެލުންތެރިންނަށް ހިދުމަތް ކޮށްދިނުމުގައި އުމުރު ދުވަހު ދެމިހުންނާނެ ކަމަށް އަކްޝޭބުނެފައިވެ އެވެ.
ދަގަނޑޭގެ މުދާ ވިއްކައިގެން ނަމަވެސް ދަރަނި ދައްކަން އެދެފި
ޑައެޓް ކޯކާއި ޒީރޯ ކޯކުގެ ތަފާތަކީ ކޮބާ؟
މެތިއުގެ ޑޮކްޓަރު ޖަލަށް ލާން ހުކުމް ކޮށްފި