ނިދާ ތަނުގެ ތެރޭގައި ކުރުނބާ ފަނި ފުޅީގައި ބަންދުކޮށްގެން ވިއްކާ ދެ ބިދޭސީއަކު ފުލުހުންނާއި އިމިގްރޭޝަންގެ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފި އެވެ.
ފުލުހުންނާއި އިމިގްރޭޝަނުން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ވަނީ ބިދޭސީން ދިރިއުޅޭ ތަނެއް ބަލައި ފާސްކޮށް، ބަންގްލަދޭޝް ދެ ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
މި އޮޕަރޭޝަނާއި ގުޅޭގޮތުން ފުލުހުން ބުނީ ތަން ބަލައި ފާސްކުރިއިރު ގިނަ އަދަދެއްގެ ކުރުނބާ އާއި ހުސްފުޅިތަކެއް ފެނިފައިވާ ކަމަށެވެ. އަދި މި ތަނަކީ ވިއްކުމަށް ކުރުނބާ ހަދައި އަދި ކުރުނބާ ފަނި ފުޅި ތައްޔާރުކޮށް ފިހާރަތަކަށް ޑެލިވަރީ ކުރުމުގެ މަސައްކަތް ކުރަމުންދާ ތަނެއްކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ވަނީ ޚާއްސަ މަސައްކަތްތަކެއް ފަށައިފަ އެވެ. އެގޮތުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި، އެ މީހުން ގާނޫނީ އިމުގެ ތެރެއަށް ގެނައުމުގެ މަސައްކަތް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ދަނީ ކުރައްވަމުންނެވެ.
މީގެ އިތުރުން ޖިނާއީ ބޮޑެތި ކުށް ކުށަށް އަރައިގަންނަ ބިދޭސީންނާއި ގަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރި ކުރަމުންދާ ބިދޭސީން ޑީޕޯޓް ކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
"ތޭރޭ ނާމް" އަދި "ރަންގީލާ"ގެ ސީކުއަލްއަށް ފެހި ސިގްނަލް ދީފި
ރޭގަނޑުގެ އަރާމު ނިންޖަކަށް ކޮފީ ބުއިން ހުއްޓާލަންވީ ކޮން އިރަކު؟
އޮމާން ކައިރިން ތެޔޮ ޓޭންކަރަކަށް ދިން ހަމަލާގައި 3 މީހުން މަރުވި
ކުރުނބާ ލޯމައްޗަށް ދެއްކިޔަސް ތިތަނުގާ ވިއްކަނީ ބަނގުރާ. ފުލުހުންނަށް އެކަން އެނގޭނެ .ތިކަހަލަ ކިތަށްތަން މި މާލޭގަ އެބަހުރި