ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވިފައިވާ ސަނީ އުމަރު ރާއްޖެ އައުމާއެކު ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް (އެފްސީޕީޑީ)އަށް ހާޒިރުކޮށް ސުވާލުކުރަން ފަށައިފި އެވެ.
އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ސަނީ އުމަރު ތިން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތުކޮށް ފުރަތަމަ ވާހަކަ ފެތުރުނީ ސޯޝަލް މީޑިއާގަ އެވެ.
އެ މައްސަލަ ސޯޝަލް މީޑިއާގައި ފެންމަތިވުމުން އަނިޔާ ލިބުނު ކުދިންގެ އާއިލާ އިން ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅާފަ އެވެ.
ނަމަވެސް މައްސަަ ހުށަހެޅިއިރު އޭނާ ވަނީ ރާއްޖެއިން ބޭރަށް ގޮސްފަ އެވެ. އޭނާ މިއަދު ރާއްޖެ އައުމާއެކު ފުލުހުންގެ ބެލުމުގެ ދަށުން ވަނީ އެފްސީޕީޑީއަށް ހާޒިރުކޮށްފަ އެވެ.
ފުލުހުން ބުނީ ކުރެވޭ ތުހުމަތާ ގުޅިގެން ސަނީ އުމަރާ ސުވާލުކުރަމުން އަންނަ ކަމަށެވެ.
ކޮންމެ ދުވަހަކު ހިނގިޔަސް ސިއްހަތަށް ބަދަލު ނާންނަ ސަބަބު!
"ސެންޓަ އެންޓަޕްރައިސަސްއިން އޮޅުވާލައިގެން ފައިސާ ހޯދަން އުޅުނު"
ސިނގިރޭޓު ނުބޯ މީހުން ފުއްޕާމޭގެ ކެންސަރަށް ހުށައެޅެނީ ކީއްވެ؟
