ފައި ކުރު ކޮށްގެން ބަންޑުން އޮވެ ނިދުމަކީ އަހަރުމެންގެ ތެރެއިން ވަރަށް ގިނަ ބައެއްގެ އާދަ އެކެވެ. އެގޮތަށް އޮވެ ނިދަން ފަސޭހަ ކަމަށް ވެސް ގިނަ ބަޔަކު ބުނެ އެވެ.
އެހެން ނަމަވެސް މިގޮތަށް އޮވެ ނިދުމަކީ ތިމާގެ ބުރަކަށްޓާއި އުނަގަނޑަށް ގަސްދުގައި ދެވޭ ބޮޑު ގެއްލުމެއް ކަމަށް ސިއްހީ މާހިރުން މިވަނީ ބުނެފަ އެވެ.
ބަންޑުން އޮވެ ނިދާއިރު މައިބަދަ ވަރަށް ބޮޑަށް ގުދުލައި ކަރު އެއްފަރާތަކަށް އަނބުރައިގެން ވަރަށް ގިނައިރު އޮވެވޭއިރު މިއީ މައިބަދައިގެ މައްސަލަތަކަށް މަގުފަހިވާ އެއް ސަބަބުގެ ގޮތުގައި ޑޮކްޓަރުން ފާހަގަ ކުރައްވަ އެވެ.
އެގޮތުން މި ގޮތަށް އޮވެ ނިދާނަމަ ކަރުގެ ނާރުތަކަށް ބާރުބޮޑުވެ ނާރު ފިތުމާއި މޯނިން ސްޓިފްނަސް ފަދަ ކަންތައްތައް ދިމާވުން އެކަށީގެންވެ އެވެ.
ހަމައެއާއެކު އެއީ މީހާގެ އަރިކަށްޓާއި އުނަގަނޑުގެ ކަށިތަކަށް ބާރުބޮޑުވެ ހުޅުތަކުގައި ރިހުމަށް ވެސް މަގުފަހިވާ ކަމެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ.
ނިދަން އޮތުމަށް އެންމެ ރަނގަޅު ގޮތެއް ކަމުގައި ސައިންސްވެރިން ފާހަގަ ކޮށްފައިވަނީ ވައަތަށް އަރިއަށް އޮވެ ނިދުމެވެ.
ކެއުމުގައި ލުނބޯ ހިމަނަންވީ މިހެންވެ!
"ދުރަންދަރް 2"ގައި ރަންވީރު ނުކުންނާނީ ބަދަލު ހިފަން!
ސައޫދީގައި މުއްސަނދި ބޭރު މީހުންނަށް ރާ ހުއްދަކުރަނީ