ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާންއަކީ ކާކުކަން ނޭނގޭ ކަމަށް ހަދައި އެއީ ކާކުތޯ ސުވާލު ކުރުމުން އެކްޓަރު ވިވެކް އޮބެރޯއީއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވަމުން އެބަދެ އެވެ.
ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބޮލީވުޑްގެ މުސްތަގްބަލާ ބެހޭގޮތުން ވާހަކަ ދައްކަމުން ވިވެކް ވަނީ މިހާރުގެ ބައެއް ތަރިންނަށް އަލިއަޅުވާލާފަ އެވެ.
ވިވެކް ބުނީ 2050 ވަނަ އަހަރާ ހަމައަށް ދާއިރު ޝާހްރުކް ޚާންއަކީ ކާކުކަން ވެސް ގިނަ މީހުންނަށް ނޭނގޭނެ ކަމަށާއި މިހާރުގެ ޒުވާނުންނަށް ވެޓެރަން އެކްޓަރު ރާޖް ކަޕޫރަކީ ކާކު ކަން ނޭނގޭ ކަމަށެވެ.
އެއާއެކު މަޝްހޫރު ކަމަކީ އެއްވެސް ޔަގީން ކަމެއް އޮންނަ ކަމެއް ނޫން ކަމަށާއި މިއަދު ކިތަންމެ މަޝްހޫރު މީހަކު ވެސް މާދަމާ އެންމެ އާދައިގެ ދިރިއުޅުމެއް އުޅެން ޖެހިދާނެ ކަމަށް ވިވެކް ބުންޏެވެ.
ވިވެކްގެ މި ވާހަކަތަކާއެކު އޭނާއަކީ ޝާހްރުކް ޚާންގެ މަޝްހޫރު ކަމަށް ހަސަދަވެރިވާ ތަރިއެއް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ އޭނާއަށް ފާޑު ކިޔަމުންނެވެ.
ފިލްމީ މަސައްކަތްތަކަށް ބަލާލާއިރު ޝާހްރުކް ޚާން ދެން އެންމެ އަވަހަށް ފެންނާނީ ދަރިފުޅު ސުހާނާއާއެކު "ކިންގް" އިންނެވެ. ވިވެކް އަންނަނީ އޭނާގެ ފިލްމު "މަސްތީ 4"ގެ ޕްރިމިއާ އަށް ތައްޔާރު ވަމުންނެވެ.
އަޖޭގެ ފިލްމީ ހަޔާތުގައި ނުވެ އޮތް ކަމެއް!
އައިއެސްޑީބީން ރާއްޖެ އަށް 4 ލައްކަ ޑޮލަރުގެ ހިލޭ އެހީއެއް
މެސީ އިންޑިއާ އަށް ކުރި ދަތުރު އިންތިޒާމު ކުރި މީހާ ހައްޔަރަށް