ސްޓެލްކޯ ފެންގެ 10 ކޭސް ގަތުމުން އެއް ކޭސް އިތުރަށް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ސްޓެލްކޯއިން ބުނީ އެކުންފުނިން ތައްޔާރުކުރާ ފެން ކޭހުގެ 10 ކޭސް ގަތުމުން މުޅިން ހިލޭ ގެންގޮސްދިނުމާއެކު އިތުރު އެއް ކޭސް ލިބޭނެ ކަމަށެވެ.
އެންމެ އަގުހެޔޮ ކޮލިޓީގައި ފަސް ލީޓަރުގެ ފެން ކޭހެއް 48 ރުފިޔާއަށް ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.
ރާއްޖޭގައި ފެން ފުޅީގައި ބަންދުކޮށްގެން ވިއްކާ ކުންފުނިތަކުގެ ތެރެއިން ސަރުކާރުގެ ކަރަންޓު ހިދުމަތް ދޭ އެންމެ ބޮޑު ކުންފުނި ސްޓެލްކޯގެ "ސްޓެލްކޯ ފެން"އަކީ ތަފާތު، ފެންވަރު ރަނގަޅުކޮށް އުފައްދާ ފެނެކެވެ. ސްޓެލްކޯއިން ފެން އުފައްދަނީ އިންޖީނުގެ ހޫނުން ނުކުންނަ އާވިންނެވެ.
ސްޓެލްކޯއިން ފެނުގެ ބާޒާރަށް ނުކުމެ އިންޖީނުގެ އާވިން ނުކުންނަ ހަކަތައިން ފެން އުފައްދައިގެން ވިއްކަން ފެށީ 2017 ވަނަ އަހަރު އެވެ.
ސްޓެލްކޯ ފެނަށް އޯޑަރު ކުރުމަށް 9110888 އަށް ވައިބާ ކުރަން ސްޓެލްކޯއިން އެދެ އެވެ.
މާ އަވަސް އަރުވާލައިގެން ކާނަމަ ބަރުދަން އިތުރުވޭ!
އޮފީސް ވަޒީފާތަކުގެ އަނދިރި ފަރާތް!
މަމްދާނީއަށް ވޯޓު ނުދީ ކޫމޯއަށް ވޯޓު ދޭން ޓްރަމްޕް އެދެފި