ފުވައްމުލަކުގެ ފެނުގެ މައްސަލަ ހައްލުކޮށް ފެން ލިބޭނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު އާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ދެއްވި މުހުލަތުތައް ފަހަނައަޅައި ދިޔައިރު ވެސް ފެން ލުނިބުނެވެ.
ފުވައްމުލަކު ރައްޔިތުން ފެންވެރުމަށާއި ފާހާނާކޮށްގެން ތާހިރުވުމަށް ވެސް ބޭނުންކުރަނީ މިސްކިތު ވަޅު ފެނާއި ތާޒާ ބޯފެނެވެ.
ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު އިއްޔެ މެންދުރު ވިދާޅުވެފައި ވަނީ ހަ ގަޑިއިރުގެ ތެރޭގައި ފެނުމުގެ މައްސަލައަށް ދާއިމީ ހައްލު ލިބޭނެ ކަމަށެވެ. އަދި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ނަޖާހު ވަނީ މިއަދު އިރުއޮއްސުމުގެ ކުރިން އެ މައްސަލަ ހައްލުވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ފުވައްމުލަކު ރައްޔިތުން އަދިވެސް އެ އުޅެނީ ވޭނާއި ކެކުޅުމުގަ އެވެ.
"މިސްކިތު ވަޅުން ފެން ގެނެސްގެން އަޅުގަނޑުމެން ފެންވަރައި ގައިން ތާހިރު މިވަނީ. އަޅުގަނޑަކީ ރައީސް މުއިއްޒު ވެރިކަމަށް ގެންނަން އެތަކެއް ގުރުބާނީއެއް ވި މީހެއް. މި މައްސަލަ މިހާ ގޯސްމިވީ އެމަނިކުފާނުގެ ސަރުކާރުގެ ނާގާބިލު ކަމުން. އަޅުގަނޑު ހިޔެއް ނުކުރަން ޑރ. މުއިއްޒުގެ ސަރުކާރު މިހާލަތަށް ވެއްޓިދާނެ ކަމަކަށް. ހާދަ ހާލެއްގައޭ އަޅުގަނޑު މި އުޅެނީ ހަތަރު ދަރިން ގޮވައިގެން،" ފުވައްމުލަކުން ވާހަކަދެއްކި މީހަކު ބުންޏެވެ.
ފުވައްމުލަކުގެ ނަޖިސް ފެނާއި ސަޕްލައިފެން އެއްވެ ފެން ވަނީ ތަޣައްޔަރުވެފަ އެވެ. އެހެންވެ އެމްއެފްޑީއޭގެ ލަފާގެ މަތިން ފެނަކައިން އުފައްދާފައިވާ ފެނަށް ވަނީ ކްލޮރިން އަޅާފަ އެވެ.
ސަރުކާރުން ދިން މުހުލަތު ފަހަނައަޅައި ދިޔައިރު ވެސް ފެނުގެ މައްސަލަ ހައްލު ނުވެގެން އުޅެނީ ކީއްވެ ކަމެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
ހޭނެތިގެން ވެއްޓި ގޯވިންދާއަށް ވެސް ފަރުވާ ދެނީ!
ހައްދުފަހަނައަޅައިދިއުމުގެ މައްސަލަ ހައްލުކުރަން ޕްރޮގްރާމެއް
ފުވައްމުލަކަށް ފެން ދޫކުރިއިރު މީޓަރުގައި ސީލް އަޅުވާފައި!
