ދާއިމީ ހައްލު ގެނެސް މިއަދު ހަވީރު ފުވައްމުލަކަށް ފެނުގެ ހިދުމަތް ދެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވިދާޅުވެއްޖެ އެވެ.
"އަދަދު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ނަޖާހު ވިދާޅުވީ ފުވައްމުލަކު ފެނުގެ ނިޒާމް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެ މަސައްކަތް ނިމި މިއަދު ހަވީރު ދާއިމީ ހައްލު ގެނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއަދު ހަވީރަށް އަޅުގަނޑުމެން މި ބަލަނީ ފެންދޫކުރަން،" ނަޖާހު ވިދާޅުވި އެވެ.
ނަޖާހު ވިދާޅުވީ އެ ސިޓީގައި އާ ފެން ޕްލާންޓެއް ގާއިމްކުރަކަށް ނުޖެހެއެވެ. މައްސަލަ ދިމާވީ ގެތަކަށް ކްރޮސް ކަނެކްޝަންސްތަކެއް ހަދާފައި ހުރުން ކަމަށް އެނާ ވިދާޅުވި އެވެ.
މުޅި ފުވައްމުލަށް ފެނަށް ޖެހުނީ އެ ސިޓީއަށް ފެނުގެ މައްސަލަ ދިމާވާތާ އެތަކެއް ދުވަސްވީއިރު ވެސް އެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ފެނަކައިން އެކަށީގެންވާ މަސައްކަތެއް ނުކުރުމުންނެވެ.
ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު އިއްޔެ ވިދާޅުވީ ފުވައްމުލަކަށް ދިމާވި ފެނުގެ މައްސަލަ ހަ ގަޑިއިރުގެ ތެރޭގައި ހައްލުކޮށް ކުރިއެކޭ ވެސް އެއްގޮތަށް ހިދުމަތް ދެވޭނެ ކަމަށެވެ. ނަމަވެސް އެ މުހުލަތު ފަހަނައަޅައި ދިޔައިރު ވެސް ފެނުގެ ހިދުމަތް ދެވިފައެއް ނުވެ އެވެ.
ފުވައްމުލަކު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އައްޑޫ ސިޓީން ވެސް ވަނީ އެ ސިޓީއަށް ފެން ފޯރުކޮށްދީފަ އެވެ. އަދި މާލެއިން ޗާޓާޑް ދެ ފްލައިޓެއްގައި އެ ސިޓީއަށް އިއްޔެ ވަނީ ފެން ގެންގޮސްފަ އެވެ.
"އިންސިއުލިން ރެސިސްޓަންސް"އަށް ސަމާލުވާންވީ ކީއްވެ؟
ހުޅުމާލެ ފަޅުގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި ރޯވެ އަނދައިފި
