މި ސަރުކާރުން މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ ގުޅިގެން އިމިގްރޭޝަން ގިނަ އޮފިސަރުންގެ މުސާރަ ވަރަ ކުޑަ ވެއްޖެ އެވެ.
ޕޭ ހާމަނައިޒޭޝަން ގެ ތެރެއިން އިމިގްރޭޝަން އޮފިޝަރުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ އެކު މުސާރަތަށް ކުޑަވެފައިވާއިރު، އިމިގްރޭޝަންގައި ވަޒީފާގެ ކުރިއެރުން ނުދޭތާ ވެސް މިހާރު ވަނީ ގިނަ އަހަރުތަކެއް ވެފަ އެވެ.
"ހުރިހާ" އަށް މައުލޫމާތު ދިން އިމިގްޜޭޝަން އޮފިސަރަކު ބުނީ މި ސަރުކާރުން މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުގެ ސަބަބުން ގިނަ އޮފިސަރުންގެ މުސާރައަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަަމަށެވެ. އެގޮތުން އެ އިދާރާގެ ގިނަ އޮފިސަރުންގެ މުސާރަތައް ބޮޑުތަނުން ކުޑަވެފައިވާ ކަަމަށް އޭނާ ބުންޏެވެ.
އިމިގްރޭޝަން ގައި އެންމެ ގިނައިން އޮފިސަރުން ތިބީ ތިން ރޭންކެއްގަ އެވެ. އެއީ އެސިސްޓެންޓް އިމިގްރޭޝަން އޮފިސަރު، ޑެޕިއުޓީ އިމިގްރޭޝަން އޮފިސަރު އަދި އިމިގްރޭޝަން އޮފިސަރުންނެވެ.
ޕޭ ހާމަނައިޒޭޝަންގެ ދަށުން އޮނިގަނޑަށް ގެނައި ބަދަލާ އެކު މި ހުރިހާ އޮފިސަރުންގެ މުސާރަ ވަނީ ކުޑަވެފަ އެވެ. މި ބަދަލާ އެކު މުސާރަ ބޮޑުވެފައިވަނީ ސީނިއާ އިމިގްރެޝަން އޮފިސަރުންގެ މައްޗަށް ހުރި މަގާމު ތަކަށެވެ.
މިއީ ސީނިއާ ލެވަލްއަށް ވުރެ ދަށުގައި މަސައްކަތް ކުރާ އޮފިސަރުންނަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށް އިމިގްރޭޝަންގެ އޮފިސަރުން ބުންޏެވެ.
މީގެ ކުރިން އެ އޮފިސަރުންނަށް މުސާރާގެ ގޮތުގައި 23،000 ރުފިޔާ އާއި 26،000 ރުފިޔާ ގެއަށް ގެންދިއުމަށް ލިބުނު ނަމަވެސް މިހާރު އެ އޮފިސަރުންނަށް ގެއަށް ގެންދިއުމަށް ދެން ލިބޭނީ ގާތްގަނޑަކަށް 16،500 ރުފިޔާ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ. ނަމަވެސް މަތީ ލެވަލްގެ އޮފިސަރުންނަށް 30،000 ރުފިޔާ އާއި 40،000 ރުފިޔާ ގެއަށް ގެންދިއުމަށް ލިބޭނެ ކަމަށް އޮފިސަރުން ބުނެ އެވެ.
"ހުރިހާ" އާ ވާހަދެއްކި އޮފިސަރު ވިދާޅުވީ، އިމިގްރޭޝަން އޮފިސަރުންނަށް ނުކުންނަ ކޮންމެ ދުވަހަކަށް ހާޒިރީ އަށް 200 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި 100 ރުފިޔާ ލިބޭ ކަމަށާއި ހުޅުމާލޭގައި އުޅޭ މީހެއް ނަމަ މާލެ ނުވަތަ އެއާޕޯޓަށް ދާނަމަ ދުވާލަކަށް 30 ގެ މަގުން ޓްރެވަލް އެލަވަންސް ލިބޭ ކަމަށެވެ. އަދި ޝިފްޓް އުސޫލުން އެއާޕޯޓުގައި މަސައްކަތް ކުރާ އޮފިސަރުންނަށް ގެއަށް ބްރޭކަށް ނުދެވޭތީ ދުވާލަކަށް 60 ރުފިޔާ ދޭ ކަމަށް ވެސް އޭނާ ބުންޏެވެ.
ނަމަވެސް މި ބަދަލުތަކާއެކު އެލަވަންސްތައް ކަނޑާލާފައިވާ ކަމަށާއި، މިހާރު ޓްރެވަލް އެލަވަންސް ވެސް ކަނޑާލާނެކަން އަންގާފައިވާ ކަމަށް އޭނާ ބުންޏެވެ.
އެ އޮފިސަރުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން އިޖާބަދީފައެއްނުވެ އެވެ.
ހަރަދު ކުޑަކުރުން މިހާރު އިބިލީހުގެ ކައިވެންޏަށް ވެއްޖެ