ޗައިނާގެ ސައިންސްވެރިންގެ ޓީމަކުން ހަކުރު ބަލި ޖެހިފައިވާ ބަލިމީހުން އެ ބަލިން އެއްކޮށް ރަނގަޅުކޮށްދޭ ދާއިމީ ފަރުވާއެއް ހޯދައިފި އެވެ.
ޝަންހާއީ ޗަންގްޒެންގް ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމަކާއި ޗައިނީޒް އެކަޑަމީ އޮފް ސައިންސްގެ ސައިންވެރިންގެ ޓީމަކުން އީޖާދު ކޮށްފައިވަނީ އިނޮވޭޓިވް ސެލް ތެރަޕީ ފަރުވާ އެކެވެ.
އެ ދިރާސާގެ ރިޕޯޓު ޖާނަލް އޮފް ސެލް ޑިސްކަވަރީގައި ޝާއިއު ކޮށްފައިވާއިރު އެ ފަރުވާ ބޭނުން ކޮށްގެން ހަކުރުބަލި ޖެހިފައިވާ މީހަކު އެއްކޮށް ރަނގަޅުވެފައިވާ ކަމަށް ބުނެފައިވަ އެވެ.
އެގޮތުން އިންސިއުލިންގެ އެހީގައި ހަކުރު ކޮންޓްރޯލް ކޮށްގެން ދިރިއުޅެމުން ދިޔަ އެ މީހާއަށް ސެލް ތެރަޕީ ފަރުވާ ދީގެން ތިން މަހުގެ ތެރޭގައި އެއްކޮށް ރަނގަޅު ކުރެވިފައިވާކަން ރިޕޯޓުގައި ފާހަަގަ ކޮށްފައިވެ އެވެ.
ހަކުރު ބައްޔަކީ ދުނިޔޭގެ ނިސްބަތުން ވެސް ގިނަ ބަޔަކު ތަހައްމަލު ކުރަމުން އަންނަ ބައްޔަކަށް ވާއިރު މި ފަރުވާއަކީ ސިއްހީ ދާއިރާއަށް ބޮޑު އިންގިލާބެއް ގެނުވާނެ ފަރުވާ އެކެވެ.
ހަކުރު ބައްޔަށް ދާއިމީ ފަރުވާއެއް ހޯދިފައިވީ ނަމަވެސް އެ ފަރުވާ އާއްމުކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ލިބޭނެ ދުވަހެއް އަދި ބުނާކަށް ނޭނގެ އެވެ.
ބީއެމްއެލް އިން ހަނިމާދޫ އެއާޕޯޓުގައި ޑޮލަރު އޭޓީއެމްއެއް
ކްރިސް ޖެނާއަށް 70 އަހަރު ފުރިއްޖެ