ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނުނިމެނީސް، ކުލަގަދަ ރަސްމިއްޔާތެއް ބާއްވައި ހަވާ އެރުވުމަށްފަހު އެ އެއާޕޯޓު މިރޭ ހުޅުވައިފި އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވައިދެއްވީ ރައީސް މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބު، ސިވިލް އޭވިއޭޝަން ޔޫނިއަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިދު އެވެ.
އެއާޕޯޓް ހުޅުވުމުގެ ކުރިން ރައީސް މުއިއްޒުގެ ދެކަނބަލުން ވަނީ މޯލްޑިވިއަންގެ އޭ-320 މަރުކާޒުގެ މަތިންދާ ބޯޓެއް އެއާޕޯޓެއްގައި އެ އެއާޕޯޓަށް ވަޑައިގެނަފަ އެވެ. މިއީ ހަނިމާދޫ އެއާޕޯޓަށް އެ މަރުކާގެ ބޯޓެއް ޖެއްސި ފުރަތަމަ ފަހަރެވެ.
ހަނިމާދޫ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުނާއި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި އެ ރަށުގެ ރައްޔިތުން ބައިވެރިވެފައިވެ އެވެ.
ހަނިމާދޫ ކައުންސިލުން ބުނީ ފަސް ވަރަކަށް މަހުން ނޫނީ ނުނިމޭނެ ވަރުގެ މަސައްކަތް އެ އެއާޕޯޓްގައި އަދިވެސް އެބަހުރި ކަމަށެވެ.
މިދިޔަ އޮކްޓޫބަރު 17، ވަނަ ދުވަހު ވަނީ އެ އެއާޕޯޓްގެ އާ ޓާމިނަލްގެ ގްރައުންޑު ފްލޯ ބޭނުންކުރަން ފަށާފަ އެވެ.
ހަނިމާދޫ ކައުންސިލް މެންބަރަކު ވިދާޅުވިގޮތުގައި އެއާޕޯޓުގެ ބޭރުގައި ކްލެޑިން ޖަހަންޖެހޭ ތަނބުތަކުގައި މިހާރު ހުރީ ޕުޓީ ލާފަ އެވެ. އަދި ޓާމިނަލްގެ ދެވަނަ ބުރީގެ މަސައްކަތްތައް އަދިވެސް ނުނިމޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އާ ޓާމިނަލްގެ މަސައްކަތްތުގެ އިތުރުން ސީޕްލޭން ޓާމިނަލްގެ މަސައްކަތްތައް ވެސް އަދި ނުނިމޭ ކަމަށް ކައުންސިލުން ބުންޏެވެ.
އެއާޕޯޓްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ މިދިޔަ ސަރުކާރުން ޕްލޭންކޮށްފައި އޮތްގޮތަށް އަންނަ އަހަރުގެ މާޗް މަހަށް ކަމަށް ސަރުކާރުގެ އޮފިޝަލަކު "ހުރިހާ"އަށް ވިދާޅުވި އެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ 2.1 ބިލިއަން ރުފިޔާގެ ލޯނެއްގެ ދަށުން ކުރިއަށް ގެންދާ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ޖެނުއަރީ 18، 2023 ގަ އެވެ. އެ މަސައްކަތް ކުރަނީ އިންޑިއާގެ ބޮޑު އިންފްރާސްޓްރަކްޗާ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ އެކްސްޕޯޓްސް އިންނެވެ.
ދެ ބުރީގެ އެ ޓާމިނަލުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ. ޓާމިނަލް ޑިޒައިންކޮށްފައި ވަނީ މަޑިއެއްގެ ބައްޓަމަށެވެ.
މި މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓްގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއެއް ވަނީ ތަރައްގީކޮށްފަ އެވެ. އަދި މިމަޝްރޫއު ނިމުމުން އެއާބަސް A320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވޭނެ އެވެ.
މަހްމޫދު ރިޔާޒުގެ މަގާމު އިޔާދަ ކުރަން 241 ކޮމިޓީން ލަފާދީފި
ޓޭލާ މުގުރާލި މައިކަލް ޖެކްސަންގެ ރެކޯޑް!
ހަވާއެރުވުމާއެކު ހަނިމާދޫ އެއާޕޯޓް މިރޭ ހުޅުވަނީ
