އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ބާރްތީ ސިންހް ދެވަނަ ދަރިފުޅަށް ބަލިވެ އިނދެ ވިހަން ތައްޔާރު ވެފައިވާއިރު ދެވަނަ ދަރިއަކަށް ބޭނުންވަނީ އަންހެން ކުއްޖެއް ކަމަށް އޭނާ ބުނެފި އެވެ.
މިފަހުން ސޯޝަލް މީޑިއާއަށް ދޫކޮށްލި ވީޑިއޯއެއްގައި ވާހަކަ ދައްކަމުން ބާރްތީ ބުނީ އަންހެން ކުއްޖަކު ލިބިއްޖެނަމަ އޭނާގެ އާއިލާ ފުރިހަމަވާނެ ކަމަށެވެ.
"އަންހެން ކުއްޖެއް ހުންނަން ޖެހޭ ދޯ! ގޭގެ ފަޅުކަން އޭރުން ފިލާނެ" ބޭނުންވަނީ ކޮން ކަހަލަ ކުއްޖެއްތޯ ކުރެވުނު ސުވާލަކަށް ޖަވާބު ދެމުން ބާރްތީ ބުނެފައިވެ އެވެ.
މިހާރުވެސް ތިން އަހަރުގެ ފިރިހެން ކުއްޖެއްގެ މަންމައެއް ކަމަށްވާ ބާރްތީ ވަނީ އޭނާއަށް ދެވަނަ ދަރިއަކު ލިބެން އުޅޭތީ ދޮށީ ދަރިފުޅު ގޯލާ ކެތްމަދު ވެފައިވާ ކަމަށް ބުނެފަ އެވެ.
އެއާއެކު ދެވަނަ ދަރިފުޅަށް ބަލިވެ އިން ފަހުން އާއިލާއާއި ރަހުމަތްތެރިންގެ އިތުރުން ފިރިމީހާ ހަރްޝްގެ ފަރާތުން ވެސް ކުރިއަށްވުރެ ބޮޑަށް އަޅާލުމާއި ލޯބި ލިބެމުން އަންނަ ކަމަށް ބާރްތީ ބުންޏެވެ.
ބާރްތީއަކީ އިންޑިއާގެ ރިއަލިޓީ ޝޯތަކުންނާއި ކޮމެޑީ ޝޯތަކުން އާއްމުންގެ ތަރުހީބު ހޯދާފައިވާ ތަރި އެކެވެ. ބާރްތީއާއި ހަރްޝް ބައްދުވީ ވެސް އެ މަސައްކަތުގެ ތެރެއިންނެވެ.
ފެނަކައިގެ މުވައްޒަފުން އަދިވެސް މަދުކުރަން ލަފާދޭނަން: އަޒާން
މީރު ރަހަތައް ގުރުބާން ނުކޮށް ވެސް ދުޅަހެޔޮ ކެއުމެއް ކެވިދާނެ!
ބިން އަތުލެވޭ އިސްލާހާ ދެކޮޅަށް ދެހާހަށްވުރެ ގިނަ މީހުންގެ ސޮއި