ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ވެރި ރަށް މާލޭގައި ބާއްވާ ޖަލްސާއަށް ބޯ ގިނަކުރަން ކެބިނެޓްގެ ކޮންމެ ވަޒީރަކު 100 އަށް ވުރެ މަދު ނޫން މީހުން ހޯދަން އަންގާފައިވާ ކަން އެނގިއްޖެ އެވެ.
ސަރުކާރަށް ދެ އަހަރު ފުރުމުގެ ނަމުގައި ޕީއެންސީން ބާއްވަން ތައްޔާރުވާ މި ޖަލްސާގައި ބޯ ގިނަ ކުރަން މިހާރު ވެސް ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ޖަލްސާއަށް ދާން ވަނީ މަޖުބޫރުކޮށްފަ އެވެ.
ޕީއެންސީގެ ޖަލްސާއަށް ދާނެ މީހުން ހޯދަން ދައުލަތުގެ ވަޒީރުންނަށް އަންގާފައި ވަނީ ވެރިކަން ކުރާ ޕާޓީ ޕީއެންސީންނެވެ. އެގޮތުން "ހުރިހާ" އަށް ޔަގީންވެފައިވާ ގޮތުގައި ޕީއެންސީގެ އެއްވުމަށް ދާނެ 100 މީހުން ކޮންމެ ވަޒީރަކު ވެސް ހަމަޖެއްސުމަށް ޕީއެންސީ އިން ވަނީ އަންގައިފަ އެވެ. މިކަމުގައި އެންމެ އިސްކޮށް އުޅެނީ ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލް އެވެ.
އޭގެ އިތުރުން، ޕީއެންސީގެ އެއްވުމަށް ރަށްރަށުން މީހުން މާލެ ގެނައުމުގެ ބޮޑު އޮޕަރޭޝަނެއް ވެސް އެ ޕާޓީ އިން މިހާރު ވަނީ ފަށައިފަ އެވެ. އެގޮތުން، މާލެ ދަތުރު ކުރުމުގެ ހަރަދާއި ދަތުރު ކުރާ ކޮންމެ މީހަކަށް މާލީ އިނާޔަތެއް ކަނޑައަޅާފައިވާ ކަމަށް އެނގިފައިވެ އެވެ.
އެނގިފައިވާ ގޮތުގައި ޖަލްސާއަށް މާލެ އަންނަ ކޮންމެ މީހަކަށް ދެކޮޅު ޓިކެޓާއި 1000 ރުފިޔާ ދިނުމަށް ވަނީ ނިންމާފަ އެވެ.
"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި ސްޓެލްކޯ، އެމްޕީއެލް، ވެމްކޯ އާއި ފެނަކަ ފަދަ ކުންފުނިތަކުގައި މައްސައްކަތް ކުރަމުން އަންނަ މުވައްޒަފުންގެ އިތުރުން ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ މުވައްޒަފުންނަށް ވެސް ނޮވެމްބަރު 14، ގައި ބާއްވާ އެއްވުމަށް ދާން ވަނީ އަންގާފަ އެވެ. އެ ކުންފުނިތަކުގައި މަސައްކަތް ކުރާ ބައެއް މުވބައްޒަފުން ވެސް ވަނީ މިކަން ޔަގީން ކޮށްދީފަ އެވެ.
އެނގިފައިވާ ގޮތުގައި ސަރުކާރުން އަންގާފައި ވަނީ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ ކޮންމެ ޑިޕާޓްމަންޓަކުން ވަކި އަދަދަކަށް މުވައްޒަފުން ނެރުމަށެވެ.
ކުންފުނިތަކުގެ މުވައްޒަފުން މައުލޫމާތު ދިން ގޮތުގައި ޕީއެންސީގެ އެއްވުމަށް މުވައްޒަފުން ނެރެން މަސައްކަތް ކުރަމުން ގެންދަނީ ސީދާ ކުންފުނިތަކުގައި އިސްކޮށް ތިބޭ ވެރިންކަމަށެވެ.
ޕީއެންސީ އިން ނޮވެމްބަރު 14، ގައި ބޮޑު އެއްވުމެއް ބާއްވަން މި މަސައްކަތް ކުރަނީ، ސަރުކާރަށް ދެ އަހަރު ފުރުމާ ދިމާކޮށް ނޮވެމްބަރު 17، ގައި ބޮޑު އެއްވުމެއް ބާއްވަން އިދިކޮޅު އެމްޑީޕީން ރާވާފައި ވަނިކޮށެވެ.
އަސްލު އަގަށްވުރެ ބޮޑުކޮށް އޭސީ ހަރުކުރަން އެސްޓާސްއަށް
ކެޓްރީނާ ވިހައިފި، ލިބުނީ ފިރިހެން ކުއްޖެއް
ޕީއެންސީ ޖަލްސާއަށް ސަރުކާރު މުވައްޒަފުން ދާން މަޖުބޫރު ކުރުވަނީ