ނިއު ޖާޒީގެ ޖަލުގެ ތޭރިތަކުގެ ތެރެއިން މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ސޯން ކޯމްބްސް (ޑިޑީ) އޭނާގެ 56 ވަނަ އުފަން ދުވަސް ފާހަގަ ކޮށްފި އެވެ.
މިދިޔަ އަންގާރަ ދުވަހު ޑިޑީއަށް 56 އަހަރު ފުރުނުއިރު އޭނާގެ އުފަން ދުވަސް މިފަހަރު ފާހަގަ ކޮށްފައިވަނީ މީގެ ކުރިން އޭނާ އެކަންކުރާ ގޮތާ މުޅިން ތަފާތު ކޮށެވެ.
މީގެ ކުރިން ޑިޑީއަކީ އޭނާގެ އުފަން ދުވަހުގެ މުނާސަބަތުގައި ކުލަގަދަ ހަފްލާއެއް ބާއްވައި ދާއިރާގެ މަޝްހޫރު ފަންނާނުންނާއެކު އުފަން ދުވަސް ފާހަގަކުރި ތަރި އެކެވެ.
އެހެން ނަމަވެސް މިއަހަރު އޭނާގެ އުފަން ދުވަސް ފާހަގަ ކުރަންޖެހުނީ ޖަލު ކާނާ ކައިގެން އޭނާއާއެކު ޖަލު ހުކުމް ތަންފީޒް ކުރަމުން އަންނަ ކުށްވެރިންނާއެކުގަ އެވެ.
ޑިޑީގެ 56 ވަނަ އުފަން ދުވަސް ބައްދަލު ކޮށްފައި މިވަނީ އޮރިޔާން ކާޑު ގެންގުޅުމާއި އެ ނޫން ވެސް ޖިންސީ ކުށްތަކަކާ ގުޅިގެން 50 މަސް ދުވަހުގެ ހުކުމެއް ތަންފީޒް ކުރަމުން ދަނިކޮށެވެ.
ޑިޑީގެ މައްސަލަ އަލުން ބަލައިދިނުމަށް އޭނާގެ ވަކީލުން ހުށައަޅާފައިވާއިރު އެމެރިކާގެ ޖަލުތަކާ ބެހޭ ބިއުރޯއިން ދައްކާ ގޮތުގައި ޑިޑީ މިނިވަން ވާނީ 2028 ވަނަ އަހަރުގެ މެއި މަހު އެވެ.
އޮށާޅަ ބިހި ނަގާނަމަ ސަމާލުވާންވީ ދެތިން ކަމެއް!
ބީއެމްއެލް އިން އައްޑޫގައި ޑޮލަރު އޭޓީއެމެއް ހުޅުވައިފި
އަންހެނުންނަށް: ހެދުން އަޅާއިރު މިކަމަށް ސަމާލުވޭ!