ޑާކްރެއިން އެންޓަޓެއިންމަންޓްގެ ކުރިއަށް އޮތް ފިލްމު "އަލްވަދާއު"ގެ ތަރިންނާ ބައްދަލު ކޮށްލުމުގެ ފުރުސަތު ލިބޭ ގިވްއަވޭއެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ ކުންފުނީގެ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ އެ ޕޯސްޓުގައި ހިމަނާފައިވާ ކަންތައްތައް ފުރިހަމަކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ފިލްމުގެ ތަރިންނާއެކު ރޭގަނޑުގެ ކެއުމަކަށް އިންސާފު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
އެގޮތުން މިއަދުގެ ނިޔަލަށް އެ ޕޯސްޓަށް "ލައިކް"އެއް ދިނުމާއެކު ސްޓޯރީގައި ޝެއާކޮށް އިތުރުން ތިން މީހަކު ޓެގް ކުރުމުން ގުރުއަތުގައި ބައިވެރި ވެވޭނެ އެވެ.
ތަރިންނާއެކު ރޭގަނޑުގެ ކެއުމެއްގެ އިތުރުން ވެސް އެ ފަރާތަކަށް "އަލްވަދާއު"ގެ ޕްރިމިއާ ނައިޓްގެ ޓިކެޓް ވެސް ލިބޭނެ ކަމަށް ޑާކްރެއިންއިން ހާމަކުރެ އެވެ.
ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު އޮލިމްޕަހުގައި އަޅުވަން ހަމަޖެހިފައިވާ "އަލްވަދާއު"ގެ ތަރިންގެ ތެރޭގައި މަރިޔަމް މަޖުދާ، ޝަރަފް އަބްދުﷲ، މުހައްމަދު ރަޝީދު (ދަރާ) އަދި ޝީލާ ނަޖީބް ހިމެނެ އެވެ.
"އަލްވަދާއު"ގެ ޓިކެޓު މިއަދު 10:00 ން ފެށިގެން އޮލިމްޕަހުގެ ކައުންޓަރުން ވިއްކަމުން އަންނައިރު ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ޑާކްރެއިނުން ބުނެ އެވެ.
ނިއުޔޯކްގެ މޭޔަރަކަށް ފުރަތަމަ ފަހަރަށް މުސްލިމަކު ހޮވައިފި
މޭޔަރު ކަމަށް އެމްޑީޕީން 2 އާޒިމް ގަދަހިފުމަކަށް
ބީއެމްއެލް އިން އައްޑޫގައި ޑޮލަރު އޭޓީއެމެއް ހުޅުވައިފި