ރައީސް މުހައްމަދު މުއިއްޒު ފުވައްމުލަކަށް ވަޑައިގެންފިއެވެ.
ރައީސް މުއިއްޒު ފުވައްމުލަކަށް ވަޑައިގަތީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ. އެމަނިކުފާނުގެ އަރިހުގައި ލޯކަލް ގަވާމެންޓް މިނިސްޓަރު އާދަމް ޝަރީފާއި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ބައިވެރިވެވަޑައިގަތެވެ.
އެ ދަތުރުފުޅުގައި ވަނީ ފުވައްމުލަކު ހޮސްޕިޓަލްގައި ސީޓީ ސްކޭން ހިދުމަތާއި ބީއެމްއެލްގެ ޑޮލަރު އޭޓީއެމްގެ ހިދުމަތް ރައީސް ވަނީ ފައްޓަވައިދެއްވާފަ އެވެ.
މީގެ އިތުރުން ޏ. އަތޮޅު ސްކޫލްގެ އާ އިމާރާތާއި އެ ރަށުގައި ތަރައްގީކުރާ 400 ހައުސިން ޔުނިޓްގެ ބިނގާ ވަނީ އަޅައިފަ އެވެ.
ހަމައެހެންމެ މާދަނޑު އަވަށު ފުޓްސަލް ދަނޑު ރައީސް ވަނީ ހުޅުއްވައިދެއްވާފަ އެވެ.
ޗެއާޕާސަން ކަމަށް ކުރިމަތިލީ އެމްޑީޕީ ރާވާލަން: މީކާއީލް
މިދިޔަ 10 ދުވަހު ޑެންގީގެ 107 ކޭސް، އެންމެ ގިނައީ ކުޅުދުއްފުށީގަ
