މާލޭގެ މީހުންނަށްވެސް ރާއްޖޭގެ އެހެން ރަށްރަށުން ބިން ލިބޭނެގޮތް ވުން ބޭނުންތެރިކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
މާލެ ބިމުގެ ބަހުސް ހިނގާކަން ފާހަގަ ކުރައްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒަމާނުންސުރެ މާލެ އަކީ ވަކި ބައެއްގެ ރަށެއްނޫންކަން އެމަނިކުފާނު ލިޔުއްވި "ކިލާ މާލެ" ފޮތުގައިވެސް ބުނެފައިވާނެކަމަށެވެ.
މާލެ އަކީ ވަކިބައެއްގެ ތަނެއްނޫންކަން ތާރީޚުން ފެންނަން އޮތްކަން މިސާލު ޖައްސަވަމުން އެމަނިކުފާނު ވިދާޅުވީ 1750 ގައި މާލޭގެ ބޯހިމެނުމެއް ބޭއްވި ނަމަ ފެންނާނީ މާލޭގައި ގިނައިން ދިރިއުޅެނީ ސަރަހައްދީ ކަރަތަކުގެ މީހުންނާއި، ރާއްޖޭގެ އެކި ރަށްރަށުގެ މީހުންކަމަށެވެ. އޭރު މާލޭގައި ކޮންމެ ރަށަކަށް ހެން ގެއެއް ހުންނަކަން ފާހަގަކުރައްވާ ވިދާޅުވީ މިހާރު ކެލާގެއިން ފެށިގެން މާވެޔޮ އަތިރިޔާ ހަމައަށް އެއީ ކެލާ އެދުރު ކަލޭގެފާނުގެ ގޯތި ކަމަށެވެ. އަދި އައްޑޫ ސިއްކަގެ އެއީ މިހާރު ސިއްކަ ގެއިން ފެށިގެން މާލޭ އުތުރު އަތިރިއަށްކަމަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނުގެ ޕޯސްޓްގައި އިތުރަށް ވިދާޅުވީ 1750 ގައި މާލޭގައި ގިނަވާނީ ބަބުރުން، މަލަބާރުން، ތުރުކީން އަދި މިހެންގޮސް ބާވަތުގެ ސަރަހައްދީ ރަށްރަށުގެ މީހުންކަމަށެވެ.
މާލޭގެ ބިމުގެ ޑިމާންޑު ބޮޑުވެ، މާލެއިން ގެވަޅު ދިނުމާއި، މާލޭގައި ބިނާ ކުރާ ހައުސިން ޔުނިޓްތަކަށް ކުރިމަތި ލުމުގައި މުޅި ރާއްޖެގެ ރައްޔިތުން ޝާމިލް ކުރުމުން، މާލޭގެ ރައްވެހިންނަށް ގެދޮރު ލިބުމުގައި ހުރަސްތައް ކުރިމަތިވެ، އެމީހުންގެ ހައްޤުތަކާއި މެދު އަންނަނީ އެކިގޮތް ގޮތަށް ބަހުސް ތައް ކުރެވެމުންނެވެ.
އެއްބަޔަކު ދެކޭގޮތުގައި، މާލެ އަކީ ރާއްޖޭގެ ވެރިރަށްކަމަށްވުމުން މާލެ ބިމުން އެންމެންނަށް ހައްޤު އޮންނާނެއެވެ. އަނެއް ބަޔަކު ދެކޭގޮތުގައި މާލޭގެ ބިމުން އިސްކަން ދޭންވާނީ، މާލޭގެ މީހުންނަށެވެ. އެހެން ނޫންނަމަ ރާއްޖޭގެ އެހެންރަށްރަށުން ވެސް މާލޭގެ މީހުންނަށް ގެދޮރު ލިބެންޖެހޭނެއެވެ.
ހުޅުމާލެ ވަކި ސިޓީއެއްގެ ގޮތުގަ ހެދުމަށް ގޮވާލާ އަޑުތައް ގަދަވަނީ
ފުރުގާން މިސްކިތަށް ގެއްލުންދީފި
ގާޒާއަށް އެހީގެ ތަކެތި ވައްދަން ޔަހޫދީން ފުރުސަތު ނުދިން